08 Jul 2016, 17:22
މިދިޔަ އަހަރު ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް އިން ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ލިވަޕޫލް އާއި ގުޅުނު ޔޫގެން ކްލޮޕް އިތުރު ތިން އަހަރު އެ ކުލަބުގައި މަޑު ކުރަން އެއްބަސްވެއްޖެ އެވެ.
ލިވަޕޫލާ އެކު ކްލޮޕް އާ ކުރި އެއްބަސްވުމުގެ ދަށުން 2022 ވަނަ އަހަރާ ހަމައަށް އެ ކުލަބުގެ ކޯޗުގެ މަގާމުގައި އޭނާ ހުރުމަށް އެއްބަސްވެފައިވާ އިރު އޭނާގެ ދެ ސީނިއާ ކޯޗިން ސްޓާފުން ވެސް ވަނީ އެއްބަސްވުންއާ ކޮށްފައެވެ.
ބްރޫޝިއާ ޑޯޓްމަންޑް 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގް ފައިނަލަށް ގެންގޮސްދިން ކްލޮޕް ވަނީ އެ ކުލަބަށް ދެ ފަހަރު ލީގް ވެސް ކާމިޔާބު ކޮށްދީފައެވެ.
މިދިޔަ ސީޒަނުގައި ބްރެންޑަމް ރޯޖާސްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ނެރެމުން އައި ދަށް ނަތީޖާ ތަކާއި އެކު އޭނާ ވަކިކޮށް އޮކްޓޯބަރު މަހު ލިވްޕޫލްއާ ގުޅުނު ކްލޮޕް ވަނީ މި ދިޔަ ސީޒަނުގައި އެ ޓީމްއާ އެކު ލީގް ކަޕް އާއި ޔޫރޮޕާ ލީގްގެ ފައިނަލްގައި ވެސް ކުޅެފައެވެ.
"މިއީ ވަރަށް ވެސް އުފާވެރި ވަގުތު ކޮޅެއް. މި ޓީމާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް އެޅުނު ރަނގަޅު ފެށުމެއް މިއީ. ހަމައެއާއެކު ބޮލުގައި އެޅުނު ޒިންމާ ވެސް ވަރަށް ބޮޑު،" ކްލޮޕް ބުންޏެވެ.