Last Updated: 9 year 5 month ago
Last Updated:
9 year 5 month ago
ސެމީ ފައިނަލް(ފުލްޓައިމް): ޖަރުމަން 0-2 ފްރާންސް
ޔޫރޯ 2016ގެ ސެމީ ފައިނަލްގައި ޖަރުމަނާއި ފްރާންސް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!
މިއީ މި ދެޓީމު ޔޫރޯގައި ވާދަކުރާ ފަސްވަނަ ފަހަރު، ފްރާންސަށް އަދި މިހާތަނަށް ޖަރުމަނު އަތުން މޮޅުވެވިފައެއް ނުވޭ.
- އެމްރީ ކޭން، ޖޫލިއަން ޑްރެކްސްލަރ، އަދި ބަސްޓިއަން ޝްވެއިންސްޓަގަރ ޖަރުމަނުގެ ފުރަތަމަ 11 ގައި ހިމެނޭ.
- ޑިޑިއޭ ޑީޝޯމްގެ ޓީމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. އެންމެ ފަހުން ކުޅުނު ފުރަތަމަ 11 ނެރެފައި ވަނީ.
މެޗުގެ ކުޅުން ނިމިއްޖެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-0 ލަނޑުން ކުރީގައި އޮތީ ފްރާންސް. ފްރާންސް މި ވަނީ ޔޫރޯ 2000އަށް ފަހު، ފައިނަލަށް ދަތުރުކޮށްފައި.
90"- މުސްތާފީ އާއި ގޮޓްޒޭ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިއްޖެ. ޖަރުމަނުގެ އެ ދެ ކުޅުންތެރިން އުފެއްދި ހަމަލާ ވެސް ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
"82- ޖަރުމަނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް. ހިލޭ ޖެހުމަކުން ކްރޫސް ނަގައިދިން ހުރަހުން ފްރާންސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ހޮވޭޑެސް ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.
"78- ޖަރުމަނުން ބަދަލެއް. ޝުވެންސްޓެއިގާގެ ބަދަލުގައި ކުޅެން ނުކުތީ ލެރީއޯ ސަނޭ.
"77- ފްރާންސުން ބަދަލެއް. ޖިރޫގެ ބަދަލުގައި ކުޅެން ނުކުތީ އަންދްރޭ ޕިއާ ގިގްނިއާކް.
"75- ޖަރުމަނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް. ޖަރުމަނަށް ލިބުނު ހިލޭ ޖެހުމަކުން ޑްރެކްސްލާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
ގްރީޒްމަން އެ ލަނޑު ޖެހީ ޕޮގްބާ ނަގައިދިން ހުރަސް ކީޕަރު ނޯޔާ ދިފާއުކުރުމާއެކު ޖަރުމަނުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުއްޓާ ލިބުނު ބޯޅައިން އުފެއްދި ހަމަލާއިން.
"71- ފްރާންސުން އިތުރު ލަނޑެއް ޖަހައި ފަރަގު ބޮޑުކޮށްފި. ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ގްރީޒްމަން. އެއީ މުބާރާތުގައި އޭނާ ކާމިޔާބުކުރި ހ ވަނަ ލަނޑު.
"62- ގްރީޒްމަން ނަގައިދިން ކޯނަރަކުން ޖަރުމަނުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ކޮޝިއެލްނީ ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި.
"60- އަނިޔާވެގެން ޖަރުމަނުގެ ޑިފެންޑަރު ޖެރޯމް ބޯޓެންގް ބާލައިފި. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ޝްކޮޑްރާން މުސްތާފީ.








"50- ފްރާންސްގެ އޭރިޔާ ތެރެއިން ސިސޯކޯ އަށް ކުރި ފައުލާ ގުޅިގެން ޖަރުމަނުގެ ޑްރެކްސްލާ އަށް ރީނދޫ ކާޑެއް.
"46- ޖަރުމަނުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖިރޫ އުފެއްދި ހަމަލާ، ޑިފެންޑަރު ޖެރޯމް ބޯޓެންގް ދިފާއުކޮށްފި.
މެޗުގެ ދެވަނަ ހާފު ފެށީ ޖަރުމަނުން.
މެޗުގެ ފުރަތަމަ ހާފު ނިމިއްޖެ. ފުރަތަމަ ހާފް ނިމުނުއިރު، 1-0 ލަނޑުން ކުރީގައި އޮތީ ފްރާންސް.
ފްރާންސަށް ލިބުނު ޕެނަލްޓީ އެ ޓީމަށް ލީޑު ހޯދައިދިނީ ގްރީޒްމަން. އެއީ އޭނާ މުބާރާތުގައި ކާމިޔާބުކުރި ފަސް ވަނަ ލަނޑު. މިހާރު ޔޫރޯގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުގައި އޮތީ ގްރީޒްމަން.
"45- ޖަރުމަނުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޝުވެންޓެއިގާ ބޯޅާގައި އަތްލުމުން ފްރާންސަށް ޕެނަލްޓީ އެއް.
"42- ފްރާންސަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް. ޖިރޫ އަށް ލިބުނު ބޯޅަ ހިފައިގެން ޖަރުމަނުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ނުރައްކާ ކުރުމުގެ ކުރިން ހޮވޭޑެސް ވަނީ ޓެކަލްކޮށް ބޯޅަ ބޭރުކޮށްލާފައި.
"41- ފްރާންސްގެ އެވްރާ ދިން ބޯޅައަކުން ޖަރުމަނުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގްރީޒްމަން އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށް.
މި މެޗުގައި ޖަރުމަނުގެ މުހިއްމު ތިން ކުޅުންތެރިޔަކަށް ނުކުޅެވޭ. ޖަރުމަނުގެ ފޯވަޑް މާރިއޯ ގޮމޭޒް އާއި މިޑްފީލްޑަރު ސަމީ ކެޑީރާ އަށް އަނިޔާވެފައިވާ އިރު، ޑިފެންޑަރު މެޓް ހުމުލްސް ހުރީ ސަސްޕެންޝަނުގައި. ހުމުލްސް އަކީ ފްރާންސްއާ ދެކޮޅަށް ވޯލްޑް ކަޕް 2014ގައި ކުޅުނު ކުއާޓާގެ މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިން ކުޅުންތެރިޔާ.
"36- ޖަރުމަނުގެ އޭރިޔާ ތެރެއިން އެމްރީ ޗޭން ކުރި ފައުލާ ގުޅިގެން އޭނާ އަށް ރީނދޫ ކާޑެއް ދައްކައި، ފްރާންސަށް ހިލޭ ޖެހުމެއް ދީފި. ފްރާންސަށް ލިބުނު ހިލޭ ޖެހުމުން ޕޮގްބާ އުފެއްދި ހަމަލާ، ކީޕަރު ނޯޔާ ވަނީ މަތަކޮށްފަ.
އެންމެ ފަހުން މުބާރާތެއްގައި ފްރާންސާއި ޖަރުމަން ބައްދަލުކޮށްފައިވަނީ ވޯލްޑް ކަޕް 2014ގެ ކުއާޓާ ފައިނަލުގައި. އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ޖަރުމަނުން. އެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ޖަރުމަނުން ހޯދާފައިވޭ.






"26- ޖަރުމަނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް. ފްރާންސްގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ޝުވެންސްޓެއިގާ އުފެއްދި ހަމަލާ، ކީޕަރު ލޮރިސް ވަނީ މަތަކޮށްފަ.
"24- ފްރާންސަށް ލިބުނު ހިލޭ ޖެހުމަކުން ޕަޔެޓް އުފެއްދި ހަމަލާ ކީޕަރު ނޯޔާ މަތަކޮށްފި.

"14- ޖަރުމަނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ފްރާންސްގެ ގޯލާ އަމާޒުކޮށް ޖަރުމަނުގެ އެމްރޭ ޗޭން އުފެއްދި ހަމަލާ، ކީޕަރު ލޮރިސް ވަނީ މަތަކޮށްފަ.
ވޯލްޑް ކަޕް 1958ގެ ފަހުން މުބާރާތެއްގެ މެޗެއްގައި ޖަރުމަން އަތުން ފްރާންސް މޮޅުވެފައެއް ނުވޭ. އެ އަހަރުގެ ވޯލްޑް ކަޕަށްފަހު ތިން ވޯލްޑް ކަޕެއްގައި ޖަރުމަނާއި ފްރާންސް ވާދަކޮށްފައިވާ އިރު، އެ މެޗުތައް ކާމިޔާބުކުރީ ޖަރުމަނުން. އެ އަހަރަށްފަހު ޖަރުމަނުގެ މައްޗަށް ފްރާންސަށް ކުރި ހޯދިފައިވަނީ ހަމައެކަނި އެކުވެރި މެޗުތަކަކުން.
"13 - ޖަރުމަނަށް ރަނގަޅު ފުރުސަތެއް. އެމްރީ ކޭން ނަގައިދިން ހުރަހަކުން ތޯމަސް މުލާ ފްރާންސް ޕެނަލްޓީ އޭރިޔާގެ ކަނާތްފާރާތުގައި ހުރެ ކަނާތުފައިން ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
މި ދެޓީމު މިދިޔަ އަހަރުގެ ނޮވެމްބަރުގައި ބައްދަލު ކުރި އެކުވެރިކަމުގެ މެޗުގައި 2-0 ލަނޑުން ކުރި ހޯދީ ފްރާންސް.
ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި މިފަހަރުގެ ޔޫރޯ ބާއްވާ ފްރާންސް މިރޭގެ ސެމީގައި ވާދަކުރާއިރު، ދުނިޔޭގެ ޗެމްޕިއަން މިރޭ ކުޅޭނީ ޖެހިޖެހިގެން ދެވަނަ ފައިނަލަށް ދަތުރުކުރުމަށް. އަދި މުބާރާތް ބާއްވާ ގައުމު ބަލާނީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ހޯދި ކާމިޔާބީ އަމިއްލަ ދަނޑުގައި ތަކުރާރުކުރަން ފުރުސަތު ހޯދުން.
މިއީ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުގައި ވިދިވިދިގެން ޖަރުމަން ވާދަކުރާ ހަ ވަނަ ފަހަރު. އަދި ޔޫރޯ 2000ގެ ޗެމްޕިއަންކަން ހޯދުމަށްފަހު، މިއީ ފްރާންސުން ޔޫރޯގެ ސެމީގައި ވާދަކުރާ ފުރަތަމަ ފަހަރު.
"6- ފްރާންސަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ޖަރުމަނުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގްރީޒްމަން އުފެއްދި ހަމަލާ، ކީޕަރު ނޯޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ.
ފްރާންސްގެ ފުރަތަމަ 11:
ހޫގޯ ލޮރިސް – ގޯލްކީޕަރު / ކެޕްޓަން
- ލޯރެންޓް ކޮޝިއެލްނީ
- ބަކާރީ ސަންޔާ
- ސަމުއެލް އުމްޓިޓީ
- ޕެޓްރީސް އެވްރާ
- ބްލައިސް މަޓުއިޑީ
- އެންޓޮއިން ގްރީޒްމަން
- މޫސާ ސިސޯކޯ
- ޑިމިޓްރީ ޕަޔެޓް
- ޕައުލް ޕޮގްބާ
- އިލިވިއާ ޖިރޫ
ޖަރުމަނުގެ ފުރަތަމަ 11:
މަނުއެލް ނޯޔާ – ގޯލްކީޕަރު
- ހޯސުއާ ކިމިކް
- ބެނެޑިކްޓް ހޮވޭޑެސް
- ޖޮނަސް ހެކްޓާ
- ޖެރޯމް ބޯޓެންގް
- މެސުޓް އޮޒިލް
- އެމްރޭ ޗޭން
- ޖޫލިއަން ޑްރެކްސްލާ
- ބަސްޓިއަން ޝުވެންޓެއިގާ – ކެޕްޓަން
- ޓޯނީ ކްރޫސް
- ތޯމަސް މުލާ
މެޗު ފަށައިފި.