ސްރީލަންކާގެ ސަރުކާރުގެ ބޭނުންތަކަކަށް 35 އެތް ނަގައި، ސަރުކާރުން އެ އެއްޗެހި ބެލެހެއްޓުމަށް ނިންމައިފި އެވެ.

ލަންކާ ސަރުކާރުގެ ސަސްޓޭނަބަލް ޑިވެލޮޕްމެންޓް އެންޑް ވައިލްޑްލައިފް މިނިސްޓަރ ގާމިނީ ޖަޔަވިކްރަމަގެ ހުށަހެޅުއްވުމަކަށް ސަރުކާރުގެ ފަރާތުން 35 އެތުގެ "އާއިލާއެއް" ބެލެހެއްޓުމަށް ނިންމީ، ލަންކާގެ ސަގާފީ އަދި ދީނީ ބައެއް ކަންކަމުގައި ބޭނުން ކުރުމަށެވެ.

އެގޮތުން، އެތަކީ ލަންކާގެ ސަގާފަތާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށް ވާ އިރު، އެގައުމުގެ މަގުތަކުގައި ހެވިކަމުގެ ކުޅިވަރުތައް ދައްކާ އިރު އެކަންކަމުގައި އެތް ބައިވެރިކުރުމަކީ އާންމު ކަމެކެވެ.

މިނިސްޓަރުގެ ހުށަހެޅުމަށް 35 އެތް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް، ސަރުކާރުން އެއެއްޗެހި ބަލަހައްޓާ ގޮތަށް ނިންމާފައިވާ އިރު، ސަރުކާރަށް ނަގާނީ ލަންކާގެ ޕިންނަވާލާގައި ހުންނަ، އެތް ގެންގުޅޭ އޯފަނޭޖް ނުވަތަ ޔަތީމުޚާނާއިންނެވެ. އެތަނުން އަންހެން އަދި ފިރިހެން އެކުލެވޭ ގޮތަށް 35 އެތް ސަރުކާރަށް ނަގައި އެތަކެތި ބަލަހައްޓާނީ ސަރުކާރުގެ ޒުއޮލޮޖިކަލް ޑިޕާޓްމެންޓުންނެވެ.