މާލޭ ގެއަކުން ފެނުނު ގުރައެއްގެ ވެރިފަރާތަށް އެ ގުރާ ހަވާލު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، މިއަދު ހެނދުނު މާލޭ ގެއަކަށް ވަން ގުރައެއް، އެގޭ މީހުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ގުރާގެ ވެރިފަރާތް ފުލުހުންގެ މައިމަރުކަޒަށް ގޮސް އެ ގުރައާ ހަވާލު ވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

އެ ގުރައަކީ އެފްރިކަން ގްރޭ އެކެވެ. އަޅިކުލައިގެ އެ ގުރައިގެ ބުރަކަށީގައި ކޮންމެވެސް ވަރަކަށް ރަތް ފަތްވެސްހުރެއެވެ.