ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ފްރާންސް ލެޖެންޑް މިޝެލް ޕްލެޓިނީ ހަދާފައިވާ ރެކޯޑާ، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަރާ ހަމަކޮށްފި އެވެ.

ރޮނާލްޑޯ ޕްލެޓިނީގެ ރެކޯޑާ އަރާ ހަމަކޮށްފައިވަނީ ސެމީ ފައިނަލުގައި ރޭ ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ޖެހި ލަނޑާއެކު އެވެ.

މިހާރު ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި ޕްލެޓިނީއާއެކު ރޮނާލްޑޯ އޮތީ ކާމިޔާބުކުރި ނުވަ ލަނޑާއެކު އެވެ. ޔޫރޯ 1984 ގައި ކުޅުނު ފަސް މެޗުގައި ޖެހި ނުވަ ލަނޑާއެކު ޕްލެޓިނީ ރެެކޯޑު ހެދި އިރު، ރޮނާލްޑޯ އަށް އެ ރެކޯޑާ އަރާ ހަމަކުރެވުނީ 2004، 2008، 2012 އަދި މިހާރު ކުރިއަށްދާ ޔޫރޯގައި މިހާތަނަށް އޭނާ ކުޅުނު މެޗުތަކުންނެވެ.

ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ ސެމީގައި ވޭލްސް އަތުން 2-0 ލަނޑުން މޮޅުވެ، ފައިނަލުން ޕޯޗުގަލް ޖާގަ ހޯދުމާއެކު ފައިނަލުގައި ލަނޑެއް ޖަހައިގެން ރޮނާލްޑޯ އަށް ޕެލެޓިނީގެ ރެކޯޑު މުގުރާލެވޭނެ އެވެ.