Last Updated: 9 year 5 month ago
ބުލޮގު ޚުލާސާ
ޔޫރޯގެ ސެމީ ފައިނަލުގައި ޕޯޗުގަލާއި ވޭލްސް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!
އެ މެޗަށް ޕޯޗުގަލް އާއި ވޭލްސް ނުކުންނައިރު:
ވޭލްސް އަކީ ޔޫރޯގައި އަލަށް ވާދަކުރާ ޓީމެއް. ޕޯޗުގަލް އިން ހަ ފަހަރަކު ޔޫރޯގައި ވާދަކޮށްފައިވޭ.
- ބޮޑު މުބާރާތެއްގެ ސެމީގައި އަލަށް ވޭލްސް ވާދަކުރާ އިރު، މީގެ ކުރިން ހަތަރު ޔޫރޯއެއްގެ ސެމީގައި ޕޯޗުގަލް ވާދަކޮށްފައިވޭ. އޭގެ ތެރެއިން ސެމީގެ މެޗަކުން މޮޅުވެ، ފައިނަލަށް ޕޯޗުގަލް ދަތުރުކުރީ އަމިއްލަ ގައުމުގައި 2004 ވަނަ އަހަރު ބޭއްވި މުބާރާތުގައި.
- މި ފަހަރުގެ ޔޫރޯގެ ސެމީ އަށް ޕޯޗުގަލް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕޮލެންޑް ބަލިކޮށް. ސެމީ އަށް ވޭލްސް ދަތުރުކުރީ ކުއާޓާގައި ބެލްޖިއަމް ބަލިކޮށް.











