06 Jul 2016, 22:53
އީދު ފާހަގަކުރުމުގެ ގޮތުން އެމްޑީއޭ ޒުވާނުންގެ ގޮފިން ބިލިއަޑް އަދި ޕީއެސްފޯ ގޭމް މުބާރާތެއް ބާއްވައިފި އެވެ.
މި މަހުގެ ހަތަރެއް އަދި އަދި ފަސް ވަނަ މި މުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ މާލޭގައި ހުންނަ އެމްޑީއޭ ޒުވާނުންގެ ޖަގަހައިގަ އެވެ.
އެމްޑީއޭގެ ޒުވާނުންގެ މަޖިލީހުގެ ރައީސް އަހުމަދު ރީހާން ވިދާޅުވި ގޮތުގައި މީގެ ތެރެއިން ބިލިއަޑް މުބާރާތުގައި 16 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އަދި ޕީއެސްފޯ ފީފާ މުބާރާތުގައި 32 ފަރާތަކުން ބައިވެރިވެފައިވެ އެވެ. މި ދެމުބާރާތުގައި ވެސްއ ބައިވެރިވެފައި ވަނީ ޒުވާނުންނެވެ.
މި ދެ މުބާރާތް ފެށުމުގެ ގޮތުން އެމްޑީއޭ ޖަގަހައިގައި ވަނީ ރައްދު ބޮޑު ގުރޫޕުގެ ބޮޑުބެރު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ.

ކެޕްޝަން..
މި ދެމުބާރާތުގެ ތެރެއިން ބިލިއަޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މަސީހް އާދަމް އެވެ. ޕީއެސްފޯ ފީފާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އުމޭރު އެވެ. ޗެމްޕއަނުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ވަރަށް އަވަހަށް އޮންނާނެ ކަމަށް އެމްޑީއޭގެ ޒުވާނުންގެ ގޮފީގެ ރައީސް ވިދާޅުވި އެވެ.