ރާއްޖޭގެ ބާސްކެޓްބޯޅައިގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަންގްލަދޭޝް އަތުން ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމު މޮޅުވެއްޖެ އެވެ.

ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވެފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ފީބާ އޭޝިއާ ޗެލެންޖްގެ ސާބާ ޒޯން ކޮލިފިކޭޝަން ބުރުގައި މިއަދު ކުޅުނު މެޗުންނެވެ.

ފީބާ އޭޝިއާ ޗެލެންޖްގެ ސާބާ ޒޯން ކޮލިފިކޭޝަން ބުރުގައި ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ މޮޅުވީ 50-68 ޕޮއިންޓުން --- ފޮޓޯ: އެމްބީއޭ

ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފައިވަނީ 68-50 ޕޮއިންޓުންނެވެ.

ސައުތު އޭޝިއާ ސަރަހައްދުގެ ކޮލިފައިން ބުރުގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ދެން ވާދަކުރަނީ އިންޑިއާ އަދި ނޭޕާލެވެ. ކޮލިފައިން ބުރު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.