06 Jul 2016, 15:30
އއ. އުކުޅަހު ކައިރީގައި އޮންނަ މާތިލަ ކައިރިއަށް ފީނަން ގޮސްއުޅެނިކޮށް ގެއްލުނު ޒުވާނާ މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެހާދިސާގައި މަރުވެފައިވަނީ އުކުޅަހު އިރުމަތީގެ އަލީ ފިޒާލު، 28، ކަމަށެވެ.
ފިޒާލު ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ ފެނިފައިވަނީ އުކުޅަސް ކައިރީ އޮންނަ މާތިލަ ނަމަކަށްކިޔާ ފަޅެއް ކައިރިން 43 މީޓަރު އަޑިންނެވެ.
އުކުޅަހާ ދެ މޭލު ބޭރު ކައިރީގައި އޮންނަ ރަށެއް ކައިރިއަށް ފިޒާލު ޑައިވިނަށްދިޔައީ ހައެއްކަ މީހުންނާއެކުއެވެ.