06 Jul 2016, 11:11
"މައި އުރީދޫ" އިން ޑޭޓާ ޕެކޭޖެއް އެކްޓިވޭޓު ކުރާ ކޮންމެ ފަރާތަކަށް މި އީދުގައި ވެސް، އެކްޓިވޭޓު ކުރާ ޕެކޭޖުގެ ދެ ގުނަ ހިލޭ ލިބޭނެ ކަމަށް އުރީދޫއިން ބުނެފި އެވެ.
އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު މިއަދު ސަން އަށް ވިދާޅުވީ، ރޯދަމަހަށް ކުރިއަށް ގެންދިޔަ ޕުރޮމޯޝަން އަންނަ އާދިއްތަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް އުރީދޫން ނިންމާފައިވާ ކަމަށެވެ.
"އެޕްމެދުވެރިކޮށް މިސާލަކަށް 2ޖީބީ ޑޭޓާ ނަގައިފިނަމަ 4ޖީބީ ލިބޭނެ، 100 ޕަސެންޓް ލިބޭނެ އިތުރަށް،" ނޫރާ ވިދާޅުވިއެވެ.
އުރީދޫގެ ފަރާތުން ރޯދަ މަހުވެސް ވަނީ ތަފާތު، ޝައުގުވެރި ކަންތައްތަކެއް ތައާރަފު ކޮށްފައެވެ.