06 Jul 2016, 09:17
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ އާ މަންޒިލަކަށް ކުރާ ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މޯލްޑިވިއަން އިން އަލަށް ދަތުރު ފެށި ޗެންގުޑޫއިން ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު "ސަން" އަށް މިއަދު ވިދާޅުވީ، ހަފްތާއަކު ދަތުރެއް އެމަންޒިލަށް ކުރުމަށް ނިންމާފައިވާއިރު އެދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް މަރުކާގެ ދެ ބޯޓް ކަމަށެވެ.

ނަޝާތު ވިދާޅުވީ މިދަތުރުތަކަކީ ޗައިނާގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ކުރާ ދަތުރުތަކެއް ކަމަށެވެ.
އަލަށް ފެށި ދަތުރާއެކު މޯލްޑިވިއަންއިން މިހާރު ދަނީ ޗައިނާގެ ހަތް މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.