06 Jul 2016, 08:44
ސާޅީސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދައި މީގެ ފަސް މަސް ކުރިން ހުޅުވި ރަސްފަންނުން ގިރާފައިވާ ސަރަހައްދަށް ވެލިއަޅަން ފަށައިފިއެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލު ހުސެއިން މިއަދު ސަން އަށް ވިދާޅުވީ މިނިސްޓްރީން ތަރައްގީ ކުރާތަންތަން އަބަދުވެސް ގެންދަނީ މަރާމާތު ކުރަމުން ކަމަށާއި އެގޮތުން ރަސްފަންނުގެ ގޮނޑުދޮށަށް ވެލިއަޅައި އާ ކުރުމުގެ މަސައްކަތް ރޭ ފަށާފައިވާ ކަމަށެވެ.

ބޮޑު ހަރަދުކޮށްގެން އެބީޗް ހެދިތާ މާގިނަ ދުވަސްވެފައިނުވާއިރު ރަސްފަންނުގެ ވެލިގަނޑު ވަނީ ވަރަށް ބޮޑަށް ގިރާލާފައެވެ.
މީގެ ދެ މަސް ކުރިންވެސް ވަނީ ގަދަ ވަޔާއެކު ކަނޑުގަދަވުމުން މާލޭ ހުޅަނގު ފަރާތަށް އުދަ އަރައި، ރަސްފަންނަށް ގެއްލުންތަކެއްވެފައެވެ.