05 Jul 2016, 21:48
މޯލްޑިވްސް ޔުނައިޓެޓް އޮޕޮޒިޝަނާ ގުޅިވަޑައިގަތުމަށް އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދައުވަތު އަރުވައިފި އެވެ.
އަދާލަތު ޕާޓީން އެ ދައުވާތު ގާސިމަށް އަރުވާފައި ވަނީ އެޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިރޭ އޭނައާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
އެބައްދަލުވުން ނިންމަވާލެއްވުމަށްފަހު ނުކުމެވަޑައިގެން ސަން އަށް މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވީ އެއިއްތިހާދާއި ގުޅިވަޑައިގަތުމަށް ގާސިމްއަށް ދައުވަތު އަރުވާފައިވާ ކަމަށާއި ގާސިމް އަދި ވަކިގޮތެއް ނުނިންމަވާ ކަމަށެވެ.
"ގާސިމް ވަރަށް ޕޮޒިޓިވްކޮށް ހުންނެވީ، ވިދާޅުވީ ވިސްނާލާފަ ޖަވާބެއް ދެއްވާނެ ކަމަށް." އަލީ ޒާހިރު ވިދާޅުވިއެވެ.
ވެރިކަން ކުރާ ޕީޕީއެމް ދެބައިވެފައިވާ މިދަނޑިވަޅުގައި ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރާއި ރައީސް އަބްދުﷲ ޔާމީންއަށް ތާއީދު ކުރައްވާ ފަރާތްތަކުންވެސް ވަނީ ވަރަށް ފަހުން ގާސިމް އާއި ބައްދަލު ކުރައްވާފައެވެ.