ރަމަޟާން މަހަކީ ދިިރިއުޅުން ހެޔޮ ބައްޓަމަށް ގެނައުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފިތުރު އީދުގެ ތަހުނިޔާއާ މުބާރަކުބާދީ ދިވެހި ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަރިސްކުރުމުގެ ގޮތުން މަސީހު ނެރުއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ރަމަޟާން މަސް ނިމި އަޅުގަނޑުމެންނާ ބައްދަލުކުރާ ފިތުރު އީދަކީ އުފާ ފާޅުކޮށް، އާއިލީ ގުޅުންތަކާއި އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރުމަށް ލިބޭ އުފާވެރި ފުރުސަތެއް ކަމަށެވެ. އަދި ވިދާޅުވީ ފިތުރު އީދަކީ އުހުއްވަތްތެރިކަމުގެ ލޯބި އާލާ ކުރުމަށް ވެސް ލިބިގެން ދިޔަ ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުގެ ދުއާއަކީ ދިވެހި މުޖުތަމައުއަށާއި މުޅި އިސްލާމީ އުއްމަތަށް އުފާ ފާގަތިކަމާއި ތަނަވަސްކަމާއި ހެޔޮ ރަހުމަތް ލައްވާ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކުގައި އަޅުގަނޑުމެން ހިފި ރޯދައާ ކުޅަ އަޅުކަމުގެ ހެޔޮ ޖަޒާ އަޅުގަނޑުމެންނަށް މިންވަރު ކުރުމެވެ. އާމީން." މަޖިލިސް ރައީސް މަސީހުގެ ނެރުއްވި ހިތާބުގައި ވިދާޅުވި އެވެ.