Last Updated:
9 year 5 month ago

އީދު މުބާރަކް: ރާއްޖޭގެ އެކި ކަންކޮޅުތަކުން އީދު ކުޅިވަރު

    ބުލޮގު ޚުލާސާ

    އުފާވެރި ފިޠުރު ޢީދުގެ ތަހްނިޔާއާއި މުބާރަކްބާދީ ސަން އޮންލައިންގެ އެންމެހާ ކިޔުންތެރީންނަށް އަރިސްކުރަން.

    1437 ވަނަ އަހަރުގެ ފިޠުރު ޢީދާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ ޚަބަރުތަކާއި ފޮޓޯތަށް ސަންގެ ކިޔުންތެރީންނާ ހަމައަށް ގެނެސްދިނުމަށް ކުރިއަށް ގެންދާ ޚާއްސަ ލައިވް ކަވަރޭޖަށް މަރުހަބާ!

    • ޢީދާ ގުޅޭ ޚަބަރާއި ފޮޓޯތައް، ވައިބާ މެދުވެރިކޮށް ސަން އޮންލައިންގެ ހޮޓްލައިން، އަށް ފޮނުވޭނެ. އަދި ސަން އޮންލައިންގެފޭސްބުކް ޕޭޖަށްފޮނުއްވުމުން ވެސް އަޅުގަނޑުމެން އެ މައުލޫމާތާއި ފޮޓޯތައް މި ބްލޮގްގައި ހިމަނައިދޭނަން.

    21:50

    މީގެ އިތުރުން މިރޭ ފީވަކުގައި ވަނީ ބޮޑުމާލި ނެރެފައި، އަދި މިރޭ ބޮޑުބެރު ޝޯވއެއް ކުރިއަށް ގެންދާނެ.

    ށ. ފީވަކުގައި 1437 ވަނަ އަހަރުގެ ފިޠުރު ޢީދާ ގުޅިގެން ކުރިއަށް ގެންދާ ކުޅިވަރުތަކުގެ ތެރޭން ބޮޑުމާލި-- ސަން ފޮޓޯ: ކިޔުންތެެރިއެއް

    21:48

    ފީވަކުގައި ޢީދު ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ވަނީ މަސްރޭހެއް ބާއްވާފައި، އަދި މިއަދު ހަވީރު އަންހެނުންގެ ވާދެމުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފައި. އަދި ރައްޔިތުން އެއްވެ ބާބަކިއު ހެދުންވެސް އޮތް.

    ށ. ފީވަކުގައި 1437 ވަނަ އަހަރުގެ ފިޠުރު ޢީދާ ގުޅިގެން ކުރިއަށް ގެންދާ ކުޅިވަރުތަކުގެ ތެރޭން އަންހެނުންގެ ވާދެމުން-- ސަން ފޮޓޯ: ކިޔުންތެެރިއެއް
    ށ. ފީވަކުގައި 1437 ވަނަ އަހަރުގެ ފިޠުރު ޢީދާ ގުޅިގެން ކުރިއަށް ގެންދާ ކުޅިވަރުތަކުގެ ތެރޭން އަންހެނުންގެ ވާދެމުން-- ސަން ފޮޓޯ: ކިޔުންތެެރިއެއް
    1437ގެ ފިޠުރު ޢީދާ ގުޅިގެން ށ. ފީވަކުގައި ބޭއްވި މަސްރޭސް ކާމިޔާބުުރި "އަންހެން ރަތްމަސް ޓީމް" މަސްބާނަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް
    1437ގެ ފިޠުރު ޢީދާ ގުޅިގެން ށ. ފީވަކުގައި ބޭއްވި މަސްރޭސް -- ސަން ފޮޓޯ: ކިޔުންތެރިއެއް
    ށ. ފީވަކުގައި 1437 ވަނަ އަހަރުގެ ފިޠުރު ޢީދާ ގުޅިގެން ކުރިއަށް ގެންދާ ކުޅިވަރުތަކުގެ ތެރޭބް -- ސަން ފޮޓޯ: ކިޔުންތެެރިއެއް
    21:35

    ށ. ފީވަކުގައި މިއަދުގެ ޢީދު ނަމާދުކޮށްފައި ވަނީ އެރަށު ފުޓްބޯޅަ ދަނޑުގައި ބޮޑު ޖަމާއަތެއްގައި.

    ށ. ފީވަކުގައި މިއަދުގެ ޢީދު ނަމާދުކޮށްފައި ވަނީ އެރަށު ފުޓްބޯޅަ ދަނޑުގައި ބޮޑު ޖަމާއަތެއްގައި -- ސަން ފޮޓޯ: ކިޔުންތެެރިއެއް

    20:48

    ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި މިއަދު ހަވީރު ވަނީ، ސްޓްރީޓް އާޓް ފެސްޓިވަލެއް ބާއްވާފައި.

    ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި މިއަދު ބޭއްވި ސްޓްރީޓް އާޓް ފެސްޓިވަލްގެ ތޭރޭން-- ސަން ފޮޓޯ: ޝަފްނާ ޙުސައިން

    19:55

    މިއަދު ހަވީރު 4:30 އިން 6:00 އަށް މާލޭގައި ޢީދު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައި ވާއިރު، މާދަމާ ހަވީރު އެ ކުޅިވަރުތައް ކުރިއަށް ގެންދާނީ ހުޅުމާލޭގައި ކަމަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ވިދާޅުވި.

    19:51

    މާލޭގައި މިއަދު ކުރިއަށް ގެންދިޔަ އީދޫ ކުޅިވަރުތަކުގެ ތެރޭގައި ބޮޑުމަސް ނެރުން، މާލި، ކޯޑި ކެނޑުން، ބޮޑުބެރު، ދަނޑިޖެހުން އަދި ބަނޑީޔާވެސް ހިމެނޭ.

    1437 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރަން މާލޭގައި ކުރިއަށް ގެންދާ ޢީދުކުޅިވަރުތަކުގެ ތެރޭން-- ސަން ފޮޓޯ: ފާޠުމަތު ސައުސަން
    1437 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރަން މާލޭގައި ކުރިއަށް ގެންދާ ޢީދުކުޅިވަރު ބަލަން ގިނަބަޔަކު މަޖީދީމަގަށް އެއްވެފައި -- ސަން ފޮޓޯ: ފާޠުމަތު ސައުސަން

    18:28

    ޔޫތު މިނިސްޓްރީއާއި އެޗްޑީއެފްސީ އަދި ވިލިމާލެއާއި ހުޅުމާލެއާއި މާލޭގައި ދިރިއުޅޭ ޒުވާނުން ގުޅިގެން މިއަދު މާލޭގައި ބޭއްވި އީދު ކުޅިވަރުތައް ބަލައިލުމަށް ގިނަ ބަޔަކު މަގުތަކަށް ޖަމާވި.

    1437 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރަން މާލޭގައި ކުރިއަށް ގެންދާ ޢީދުކުޅިވަރުތަކުގެ ތެރޭން-- ސަން ފޮޓޯ: ފާޠުމަތު ސައުސަން
    1437 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރަން މާލޭގައި ކުރިއަށް ގެންދާ ޢީދުކުޅިވަރުތަކުގެ ތެރޭން-- ސަން ފޮޓޯ: ފާޠުމަތު ސައުސަން
    1437 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރަން މާލޭގައި ކުރިއަށް ގެންދާ ޢީދުކުޅިވަރުތަކުގެ ތެރޭން-- ސަން ފޮޓޯ: ފާޠުމަތު ސައުސަން
    1437 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރަން މާލޭގައި ކުރިއަށް ގެންދާ ޢީދުކުޅިވަރު ބަލަން ގިނަބަޔަކު މަޖީދީމަގަށް އެއްވެފައި -- ސަން ފޮޓޯ: ފާޠުމަތު ސައުސަން
    15:53

    ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އިން އިންތިޒާމްކޮށްގެން އެގައުމުގައި ދިރިއުޅޭ ދިވެހީން ބޮޑު ޖަމާޢަތުގައި 1437 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު ކޮށްފިއެވެ.

    ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލު ހުންނެވި އަބްދުއްރަޝީދު (އަދުރޭ) މިއަދު ސަން އަށް ވިދާޅުވީ، އެމްއީސީސީގެ ފުޓްސަލް ދަނޑުގައި މިއަދު ކުރި ޢީދު ނަމާދުގައި ގިނަ އަދަދެއްގެ ދިވެހީން ބައިވެރިވެފައިވާ ކަމަށެވެ.

    މިއީ ރާއްޖޭން ބޭރުގެ ގައުމެއްގައި ދިވެހިބަހުން ޢީދު ޚުތުބާ އިވިގެންދިޔަ ފުރަތަމަ ފަހަރެވެ. އިމާމުވެ ޢީދު ނަމާދުކުރެއްވީ، އައްޝައިޚް ޢަލީ ޝަރީފްއެވެ.

    14:29

    ދިޔަމިގިލީ ކައުންސިލުން ބުނީ، މިފަހަރުގެ ފިޠުރު ޢީދުގައިވެސް އެރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނޭކަމަށް. އެގޮތުން ޒުވާނުން ތިންމުގޯލި ކުޅުމާއި، މިއަދު ހަވީރު ކުޑަކުދީންގެ ކުޅިވަރުތައް ކުރިއަށް ގެންދާނޭކަމަށް. އަދި، ހަމަ މިއަދު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ޚާއްސަ ފުޓްބޯޅަ މުބާރާތެއް ވެސް ކުރިއަށް ގެންދާނޭ ކަމަށް.

    ދިޔަމިގިލިން ހޮވާލެވޭ ޖުމުލަ 9 ޓީމެއް ވާދަކުރާ "ސައީދުބެ ކަޕް 2016" ފުޓްސަލް މުބާރާތަކީ، ދިޔަމިގިލީގެ ތަރައްގީއާއި ކުޅިވަރާއި، ދީނީ އަދި އިޖްތިމާއީ ހަރަކާތްތަކުގައި ފާހަގަކޮށްލެވޭ ފަރާތެއްކަމަށްވާ އަލް މަރްޙޫމް އަބްދުﷲ ސައީދު (ސައީދުބެ)ގެ ހަނދާނުގައި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަން ހަމަޖެހިފައިވާ މުބާރާތެއް ކަމަށް އެ ކައުންސިލުން މައުލޫމާތުދޭ.

    14:15

    ކޮޅުމަޑުލު ދިޔަމިގިލީގައި މިއަދުގެ ފިޠުރު ޢީދު ނަމާދަށް ފަހު ވަނީ، ޒަމާނުއްސުރެން އެރަށުގައި ޢީދުގެ ފެށުން ފާހަގަކުރަމުން އަންނަ ގޮތަށް އީދުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި.

    ކޮޅުމަޑުލު ދިޔަމިގިލީގައި މިއަދުގެ ފިޠުރު ޢީދު ނަމާދަށް ފަހު، މީހުން މިސްކިތުން ފައިބަނީ-- ފޮޓޯ: ދިޔަމިގިލީ ކައުންސިލްގެ އިދާރާ
    ކޮޅުމަޑުލު ދިޔަމިގިލީގައި މިއަދުގެ ފިޠުރު ޢީދު ނަމާދަށް ފަހު، ޢީދުގެ ފެށުން ފާހަގަކުރަނީ -- ފޮޓޯ: ދިޔަމިގިލީ ކައުންސިލްގެ އިދާރާ

    13:32

    މާލޭގެ އިތުރުން އީދު ނަމާދަށްފަހު ދެން ހަދިޔާ ބެހުން ކުރިޔަށް ގެންގޮސްފައިވަނީ އައްޑުއާއި ފުވައްމުލަކުގައި. އަދި މިއަދު ހަވީރު، ލ. ފޮނަދޫ ބަނދަރު ސަރަހައްދާއި، ލ. ގަން މުކުރިމަގު ބަނދަރު ސަރަހައްދު، ގަން މަތިމަރަދޫ ޤުރުއާނާއި ބެހޭ މަރުކަޒު ހުންނަ ސަރަހައްދު، އަދި ލ. ތުނޑި އިހައްދޫ ސްކޫލް ސްޓޭޖް ސަރަހައްދުގައިވެސް މިއަދު ހަވީރު ވަނީ ހަދިޔާ ބެހުމަށް ހަމަޖައްސާފައި. ހަމަ އެއާއެކު، ތިނަދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގަޔާއި، ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައިވެސް މި ހަރަކާތް ދިރާގުން ކުރިޔަށް ގެންދާނެ. މިއަދު ހަވީރު 4:30 ން ފެށިގެން ކުޅުދުއްފުށީ ބޮޑު މަގާއި ގއ. ގައްދޫ މައިމަގުގައި، 'ޢީދު އުފާ' ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ އިތުރުން ބ. އޭދަފުށީ 'ހިއްކި ބިން' ސަރަހައްދުތަކުގައިވެސް ދިރާގުގެ މުވައްޒަފުން އީދު ހަދިޔާ ބެހުމުގައި ހަރަކާތްތެރި ވާނެ.

    ދިރާގު މުވައްޒަފުން މިއަދު ހެނދުނު ކުޑަކުދީންނަށް ޢީދު ހަދިޔާ ބަހަނީ -- ފޮޓޯ: ދިރާގު
    13:31

    ދިރާގުން މިއަދު ވަނީ، މާލޭގެ 5 ސަރަހައްދެއްގެ އިތުރުން، ދިރާގުގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ 8 އަތޮޅެއްގައި އީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ކުޑަކުދިން ޖަމާވާ އެކި ސަރަހައްދުތަކުގައި އީދު ނަމާދުގެ ފަހުގައި ހަދިޔާ ބަހާފައި. އަދި މިއަދު ހަވީރުވެސް ބައެއް ސަރަހައްދުތަކުގައި މި ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށް ދިރާގުން މައުލޫމާތުދޭ.

    13:29

    ދިވެހިރައްޔިތުންނާއެކު ބަރަކާތްތެރި ފިޠުރު އީދު ފާހަގަކުރުމުގެ ގޮތުން މުއާސަލާތީ ކުންފުނި ދިރާގުން މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އީދުގެ ހަދިޔާ ބެހުމުގެ ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފި.

    ދިރާގު މުވައްޒަފުން މިއަދު ހެނދުނު ހުޅުމާލޭގައި ކުޑަކުދީންނަށް ޢީދު ހަދިޔާ ބަހަނީ -- ފޮޓޯ: ދިރާގު
    އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު

    "މައި އުރީދޫ" އިން ޑޭޓާ ޕެކޭޖެއް އެކްޓިވޭޓު ކުރާ ކޮންމެ ފަރާތަކަށް މި އީދުގައި، އެކްޓިވޭޓު ކުރާ ޕެކޭޖުގެ ދެ ގުނަ ހިލޭ އުރީދޫއިން ދެނީ.

    "އެޕްމެދުވެރިކޮށް މިސާލަކަށް 2ޖީބީ ޑޭޓާ ނަގައިފިނަމަ 4ޖީބީ ލިބޭނެ، 100 ޕަސެންޓް ލިބޭނެ އިތުރަށް،"

    09:06

    ތިޔަބޭފުޅުން ދިރިއުޅުއްވާ ސަރަހައްދުތަކުގައި ކުރިއަށްދާ ޢީދުގެ ހަރަކާތްތަކާ ގުޅޭ ޚަބަރާއި ފޮޓޯތައް، ވައިބަރ މެދުވެރިކޮށް ސަން އޮންލައިންގެ ހޮޓްލައިން، އަށް ފޮނުއްވާ. އަދި ސަން އޮންލައިންގެފޭސްބުކް ޕޭޖަށްފޮނުއްވުމުން ވެސް އަޅުގަނޑުމެން އެ މައުލޫމާތާއި ފޮޓޯތައް މި ބްލޮގްގައި ހިމަނައިދޭނަން.

    09:03

    މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފިތުރު އީދު ފަށާފައި މިވަނީ ޢީދު ނަމާދުން. އެގޮތުން މާލޭގައި، އިސްލާމީ މަރުކަޒުގައި ކުރެވުނު މިއަދުގެ އީދުނަމާދަށް ފަހު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިހާރު ގެންދަވަނީ އިސްލާމީ މަރުކަޒުގައި ރައްޔިތުންނާ އީދު ސަލާމްކުރައްވަމުން.

    • މިއަދު އިސްލާމީ މަރުކަޒުގައި ކުރެވުނު ޢިދުނަމާދުގެ ބައެއް މަންޒަރުތައް:

    09:02

    ޢީދު ބާރިކް.އުފާވެރި ފިޠުރު ޢީދުގެ ތަހްނިޔާއާއި މުބާރަކްބާދީ ސަން އޮންލައިންގެ އެންމެހާ ކިޔުންތެރީންނަށް އަރިސްކުރަން.

    ޖުލައި 6، 2016: މާލޭގެ އިސްލާމީ މަރުކަޒުގައި ކުރެވުނު 1437 ވަނަ އަހަރުގެ ފިޠުރު ޢީދާ ނަމާދުގެ ތެރެއިން -- ސަން ފޮޓޯ
    01:57

    މޫސުން ގޯސް ނޫންނަމަ، މާދަމާ ހަވީރު 4:30ގައި ޒުވާނުންގެ މަރުކަޒު ސަރަހައްދުން ކުޅިވަރުތައް ފަށައިގެން ފަސް ސަރަހައްދެއްގައި މަޑުކުރަން ވަނީ ހަމަޖެހިފައި. އެގޮތުން މަޖީދީ މަގުން ނަލަހިޔާ ކައިރީގައާއި، އޮލިމްޕަސް ކައިރި، ސޯސަންމަގުން ވީޓީވީ ކައިރި، އަދި ޖުމްހޫރީ މައިދާނާއި، ފަރީދީމަގުން ނޮވެލްޓީ ކައިރީ މަޑުކުރުމަށްފަހު ކުޅިވަރުތައް ނިންމައިލާނީ ޒުވާނުންގެ މަރުކަޒު ކައިރިން.

    01:56

    ކުޅިވަރުތަކުގެ ތެރޭގައި ބޮޑުމަސް ނެރުން، މާލި، ކޯޑި ކެނޑުން، ބޮޑުބެރު، ދަނޑިޖެހުން އަދި ބަނޑީޔާވެސް ހިމެނޭ.

    01:56

    ޢީދު ދުވަހުގެ ފުރަތަމަ ދުވަހު 4:30 އިން 6:00 އަށް މާލޭގައި ޢީދު ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، ހުޅުމާލޭގައި ޢީދު ކުޅިވަރުތައް ކުރިއަށް ގެންދާނީ ވަޅުޢީދު ދުވަހު.

    01:55

    ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ސަންއަށް ވިދާޅުވީ، އެ މިނިސްޓްރީން އިސްނަގައިގެން މާލެ، ވިލިމާލެ، އަދި ހުޅުމާލޭ ޒުވާނުންނާއި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން މިފަހަރުގެ ފިޠުރު ޢީދު މާލެއާޢި ހުޅުމާލޭގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވެފައި ވާ ކަމަށް.

    01:32

    މާލެއާއި ހުޅުމާލޭގައި މިފަހަރުގެ ފިޠުރު ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ޔޫތު މިނިސްޓްރީން ތައްޔާރުވެއްޖެ.

    21:13

    ޢީދާ ގުޅޭ ޚަބަރާއި ފޮޓޯތައް، ވައިބަރ މެދުވެރިކޮށް ސަން އޮންލައިންގެ ހޮޓްލައިން، އަށް ފޮނުއްވާ. އަދި ސަން އޮންލައިންގެފޭސްބުކް ޕޭޖަށްފޮނުއްވުމުން ވެސް އަޅުގަނޑުމެން އެ މައުލޫމާތާއި ފޮޓޯތައް މި ބްލޮގްގައި ހިމަނައިދޭނަން.

    21:05

    ފިޠުރު ޢީދުގެ ތަހުނިޔާއާ މުބާރަކުބާދީ ދިވެހި ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަރިސްކުރުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ނެރުއްވި ހިތާބެއްގައި ވިދާޅުވެފައި ވަނީ ރަމަޟާން މަސް ނިމި އަޅުގަނޑުމެންނާ ބައްދަލުކުރާ ފިތުރު އީދަކީ އުފާ ފާޅުކޮށް، އާއިލީ ގުޅުންތަކާއި އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރުމަށް ލިބޭ އުފާވެރި ފުރުސަތެއް ކަމަށް. އަދި ފިޠުރު ޢީދަކީ އުހުއްވަތްތެރިކަމުގެ ލޯބި އާލާ ކުރުމަށް ވެސް ލިބިގެން ދިޔަ ފުރުސަތެއް ކަމަށް.

    20:58

    ފިޠުރުޢީދުގެ އުފާ އަޅުގަނޑުމެން މި ފާހަގަކުރަނީ، ބަރަކާތްތެރި ރަމަޟާންމަހުގެ ރޯދަ ހިފުމުގެ ހެޔޮ ތައުފީޤު މާތްﷲ އަޅުގަނޑުމެންނަށް ދެއްވި ކަމަށްޓަކައި އެކަލާނގެ ޙަޟުރަތުގައި ޙަމްދާއި ޝުކުރު ދަންނަވަމުންކަމަށް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހާ ރައްޔިތުންގެ އަޒުމަކަށް ވާންވާނީ މި ފެށޭ އާ އަހަރަކީވެސް އަޅުގަނޑުމެން ސީދާ މަގުގަ ކުރިއަށް ދެވޭ އަހަރަކަށްވުން ކަމަށް.

    20:57

    ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވަނީ، ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ޤައުމާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވާފައި.