ކުޅަދާނަ ހިންދީ ލަވަކިޔުންތެރިޔާ ސުނީދީ ޗޯހަން، އެކްޓު ކުރުމުގެ ދާއިރާއަށް ނުކުމެއްޖެ އެވެ.

"ކަމްލީ"، "ޝީލާ ކީ ޖަވާނީ" އަދި "ހޭ ޝޯނާ" ފަދަ ހިޓް ލަވަތައް ކިޔައިދީފައިވާ ލަވަކިޔުންތެރިޔާ އެކްޓިންގެ ދާއިރާއަށް ނުކުންނަން ތައްޔާރުވެފައި ވަނީ އާރިފް އަލީ ޑައިރެކްޓު ކުރާ ކުރު ފިލްމަކުންނެވެ.

"ޕްލޭއިންގ ޕްރިޔާ" ކިޔާ އެ ފިލްމަކީ ފެންޓަސީ ތުރިލާ އެކެވެ. އެ ފިލްމު ވަރަށް އަވަހަށް ރިލީޒް ކުރާނެ އެވެ.

ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އުމުރުން 32 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ އަބަދުވެސް އެކްޓު ކުރަން ބޭނުންވާ ކަމަށާއި، ނަމަވެސް ކުރެވޭނެ ކަމަށް ދުވަހަކުވެސް އުންމީދު ނުކުރާ ކަމަށެވެ.

"ވަރަށް ސަޅި ތަޖުރިބާއެއް މިއީ،" ސުނީދީ ބުނެފައިވެ އެވެ.

ސުނީދީ އަކީ ތުރިލާ އަދި ބިރުވެރި ފިލްމުތަކަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު ވަނީ ބުނެފަ އެވެ.

ހިތްގައިމު ރީތި ލަވަތަކެއް ހުށަހަޅައި ދީފައިވާ ސުނީދީ ވަނީ ގިނަ އެވޯޑުތަކެއް ވެސް ވަނީ ހޯދައިފަ އެވެ. އަދި މިޔުޒިކް ޝޯވ ތަކުގައި ފަނޑިޔާރެއްގެ ގޮތުގައި ވެސް އޭނާ ވަނީ ބައިވެރިވެފަ އެވެ.