04 Jul 2016, 22:06
މާލެ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފި އެވެ.
އެބައްދަލުކުރެއްވުން އޮތީ މިރޭ މ. މާފަންނުވިލާގައެވެ. ގިނަ އިރުތަކެއް ނުވަނީސް އެ ބައްދަލުވުން ވަނީ ނިންމާލާފަ އެވެ.
އެބައްދަލުކުރެއްވުމަށްފަހު އެގެއިން އޭނާ ނުކުމެވަޑައިގަތުމުން ނޫސްވެރިންގެ ސުވާލުތަކުގެ ޖަވާބުގައި ޝިހާބު ވިދާޅުވީ އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ދަންނަވަން ބޭނުންފުޅުނުވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ ކޯލިޝަން، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ޝެޑޯ ކެބިނެޓްގައި ފިނޭންސް މިނިސްޓަރަކަށް ހަމަޖައްސަވާފައި ވަނީ ވެސް ޝިހާބެވެ.