14:30


ޗައިނާގެ ޝެންގހާއީގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސަލް މިސްޓަރ ޔާންގް ގުއިޝެންގ، ވިލިނގިލީގައި ހުންނަ "ކުޑަކުދިންގެ ހިޔާ"އަށް ވިހިހާސް ޑޮލަރުގެ އެހީއެއް ދެއްވައިފި އެވެ.


މި އެހީއާ ރާއްޖޭގެ ފަރާތުން ޙަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝެންގހާއީގައި ތިއްބަވާ ހޮޓަލުގައި އޮތް  ރަސްމިއްޔާތެއްގައި، މި އެހީއާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީ ދެއްކެވި ވާހަކަފުޅުގައި، މިއީ "ކުޑަކުދިންގެ ހިޔާ"އަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ އެހީއެއްކަން ފާހަގަކުރައްވައި، މި އެހީދެއްވިކަމަށްޓަކައި ޔާންގް ގުއިޝެންގއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ.


ޝެންގހާއީގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސަލް މިސްޓަރ ޔާންގް ގުއިޝެންގްއާއި، ހޮންކޮންގގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސަލް ޖެނެރަލް މިސްޓަރ ބޮބް އެން އެވެ. ހަރުލޭލާއާ ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި އިއްޔެ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުކުރެއްވުމުގައި، އޮނަރަރީ ކޮންސަލުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އެބޭފުޅުން ތިއްބަވާ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި، ރާއްޖެއާއި އެޤައުމުތަކާ ދެމެދު އޮންނަ ވިޔަފާރިއާއި، އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެއްވިދާނެ ކަމުގައި ވިދާޅުވި އެވެ.