04 Jul 2016, 12:31
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި އަހަރުގެ ފިތުރު އީދުގައި ވެސް އީދު ސަލާމް ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ެރައީސް އޮފީހުން މިއަދު ބުނީ ރައީސް ޢީދު ސަލާން ކުރެއްވުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ފިޠުރު ޢީދު ދުވަހުގެ ހެނދުނު 8:30 އިން 9:30 އަށް އިސްލާމީ މަރުކަޒުގައި ކަމަށެވެ.
މި ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ގިނަ ބަޔަކު އަދި އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ބޭރުގެ ޢިއްޒަތްތެރިންނާއި މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ދަޢުވަތު އަރުވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މި ޢީދު ސަލާން ކުރެއްވުމުގައި ޢާއިލާތަކާ އެކު ވީހާ ވެސް ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިކުރެއްވުމަކީ އެންމެ ރަނގަޅުކަމެއް ކަމަށާއި ވީހާ ވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މި ޢީދު ސަލާން ކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާ ކަމަށެވެ.