04 Jul 2016, 12:22
ގައުމީ އެއާލައިން މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަންގެ ފޯންލައިންތައް ކެނޑި މަސައްކަތައް ބުރޫ އަރައިފިއެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ސަން އަށް ވިދާޅުވީ މަގުކޮންނަ ފަރާތެއްގެ އަތުން އެ އޮފީހުގެ ލައިނެއް ބުރިވެ ފޯންލައިންތައް މެދުކެނޑި ސިސްޓަމް ޑައުންވެފައިވާ ކަމަށެވެ.
މިހާރު ޓިކެޓު ވިއްކުމާއި ކަންކަން ކުރަމުންދަނީ މެނުއަލްކޮށް ކަމަށް ހާރިސް ވިދާޅުވި އެވެ.
"ސިސްޓަމް ޑައުންވާނެތާ، މެނުއަލީ މިގެންދަނީ، ކުޑަކޮށް ތާށިކޮށް މިއުޅެނީ،" ހާރިސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިތުރު ކޭބަލެއް އެޅުމުގެ މަސައްކަތް ދިރާގުން ކުރަމުން އަންނަ ކަމަށާއި މާގިނައިއިރެއްނުވެ އަނބުރާ ހިދުމަތް ދެވިގެންދާނެ ކަމަށެވެ.