03 Jul 2016, 21:44
ހެންވޭރު ކާނިވާ ސަރަހައްދުގެ ޑޮލްފިން ކެފޭއާއި ލިލީސް ކެފޭ އާ ދެމެދުގައިވާ ހުސްބިން ތަރައްގީ ކުރުމަށް ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ބިން ތަރައްގީ ކުރުމަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކުން މި ޖުލައި މަހުގެ 17 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެ ބިން ފުރަތަމަ އެގްރީމަންޓް ކުރުމަށް ހަމަޖެހިފައިވަނީ ދޮޅު އަހަރުގެ މުއްދަތަށެވެ.
އަދި ޕްރޮޕޯސަލް ބަލައިގަތުމުގައި ދައުލަތަށް ދައްކަންޖެހި، ނުދައްކައި އޮތް އެއްވެސް ފައިސާއެއް ވޭތޯ ބަލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
އެ ބިން ތަރައްގީ ކުރާނެ ފަރާތެއް ހޮވާނީ ހައުސިން މިނިސްޓްރީން އެކަމަށް ކަނޑައަޅާ ކޮމިޓީ އަކުން ބެލުމަށް ފަހު، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެކެވެ.