03 Jul 2016, 15:33
ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުގެ ސަބަބުން މިދިޔަ އަހަރު ނުބޭއްވުނު ދިވެހި އެފްއޭ ކަޕްގެ މި އަހަރު ބޭއްވުމަށް އެފްއޭއެމް އިން ނިންމައިފި އެވެ.
އެފްއޭއެމް އިން ބުނީ އަންނަ މަހު ދެ ވަނަ ދުވަހު ފެށުމަށް ހަމަ ޖެހިފައިވާ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެ އެސޯސިއޭޝަނުގެ މެމްބަރު ކްލަބުތަކާއި ޖަމިއްޔާ ޖަމާއަތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަން ވާނެ ކަމަށެވެ.
ގަލޮޅު ދަނޑުގައި މިދިޔަ އަހަރު ބޭއްވި މިނިވަން ފަންސާސް ކުޅިވަރު ހަރަކާތްތަކާ ގުޅިގެން ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެ އެފްއޭ ކަޕް ނުބޭއްވުނު އިރު އެ މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ 2014 ވަނަ އަހަރު އެވެ.
އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި އެފްއޭ ކަޕްގެ ޗެމްޕިއަން ކަން މާޒިޔާ ހޯދާފައި ވަނީ އެ މުބާރާތް 11 ފަހަރު ކާމިޔާބު ކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށްފަ އެވެ. ނިއު އިން ވަނީ 1998 ވަނަ އަހަރާއި 2007 ވަނަ އަހަރު އެފްއޭ ކަޕް މިލްކް ވެސް ކޮށްފަ އެވެ.