03 Jul 2016, 14:43
އިޓަލީގެ ސިރަކޫސް ގައި މިމަހުގެ ހަތަރު ވަނަ ދުވަހުން ފަނަރަ ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ 'އިންޓަރނޭޝަނަލް ކްރިމިނަލް ލޯ އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އިން ޕީނަލް މެޓަރސް' ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް އިޓަލީ އަށް ފުރާވަޑައިގެންފިއެވެ.
ޕީޖީ އޮފީހުން ބުނީ އެކަމަނާ އިޓަލީއަށް ފުރާވަޑައިގަތީ އިއްޔެ ކަމަށެވެ. އެ ދަތުރުފުޅުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަރްޔަމް ނިހާޔަތު ބައިވެރިވެވަޑައިގަންނަވައެވެ.
ދަތުރުފުޅު ނިންމަވާލައްވައި، ޕްރޮސިކިއުޓަރ ޖެނެރަލް އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 16 ވަނަ ދުވަހު އެވެ.
މިމުއްދަތުގައި ޕީޖީ އޮފީސް ހިންގުމާ ހަވާލުވެވަޑައިގެން ހުންނަވާނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަޙްމޫދު ސަލީމު ކަމަށް އެ އޮފީހުން ބުންޏެވެ.