ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގަހަނާ ވަގަށްނެގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން ދެވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

މުޖަންމެލް ނަމަކަށް ކިޔާ ބަންގުލަދޭޝްގެ މީހަކު ހޯދަން ފުލުހުން އިއުލާންކުރީ އޭނާގެ ފޮޓޯއަކާ އެކު އެވެ.

މުޖަންމެލް ހޯދަމުންދަނީ މިއަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ، ހަތަރުލައްކަ އަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ގަހަނާ ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހޯދަން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.

"ވިމާ، މުޖައްމެލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ،" ފުލުހުންގެ އިއުލާނުގައި ވެއެވެ.