03 Jul 2016, 14:00
ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތްގޮތާ ގުޅޭގޮތުން އެމްޑީޕީން އެޕާޓީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ބާއްވައިފި އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ އެ ބައްދަލުވުން ބާއްވާފައި ވަނީ ރޭ 10:00 އިން 11:00 އަށް މާބުލް ހޮޓެލްގައި ކަމަށެވެ.
އެ ބައްދަލުވުމުގައި ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކުގެ މައުލޫމާތު ގައުމީ މަޖިލީހުގެ މެމްބަރުންނަށް ހިއްސާކޮށްފައިވާކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގެއިތުރުން ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭގޮތުން މެމްބަރުންގެ މެދުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ޝިޔާމެވެ.