03 Jul 2016, 11:25
މާލެއިން ފަގީރުންގެ ގޮތުގައި ނަންނޯޓް ކުރި މީހުންނަށް 500 ރުފިޔާގެ ރޭޓުން ޒަކާތް ބަހަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މާލެއިން ފަގީރުންގެ ގޮތުގައި 5900 މީހުން ރަޖިސްޓްރީކޮށްފައިވާ އިރު މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.
މާލޭގައި ފަގީރުންގެ ގޮތުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން 500 ރުފިޔާ އިސްލާމިކް މިނިސްޓްރީން ދޫކުރަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެސްއެސްއެމް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ހިދުމަތް މިހާރު ވަނީ ނިންމާލައިފަ އެވެ. ދެން މާލޭގައި ނަމަ ދެން ޒަކާތް ދެއްކޭނީ އިސްލާމިކް މިނިސްޓްރީއަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަތޮޅުތެރެއިން ޒަކާތް ބަލައިގަތުމާއި ޒަކާތް ބެހުމުގެ ކަންކަން ކުރިއަށްގެންދާނީ އެރަށެއްގެ ކައުންސިލުން ކަމަށެވެ.