ބޭނުންވާ ތަކެތި:

  • 1/2 ޖޯޑު ހަކުރު
  • 1/3 ޖޯޑު ކޮކޯ ޕައުޑަރު
  • 3 މޭޒުމަތީ ސަމުސާ ފުށް
  • 2 ޖޯޑު ކިރު
  • 2 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

ބޯތަށްޓެއްގައި ހަކުރާއި ކޮކޯ ޕައުޑަރު އަދި ފުށް އެއްކުރާށެވެ. އެއަށް ފަހު ކިރު އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ.

ރަނގަޅަށް ގިރުމުން ތިން މިނެޓް ވަންދެން މައިކްރޯވޭވް ކޮށްލާށެވެ.

މައިކްރޯވޭވް އިން ނެގުމަށް ފަހު ރަނގަޅަށް ގިރާލާއި، އަނެއްކާ ވެސް ދެތިން މިނެޓް ވަންދެން މައިކްރޯވޭވް ކޮށްލާށެވެ. ޕުޑިންގައި ހުންނަ ގަނޑުތައް އެއްކޮށް ފިލަންދެން މިގޮތަށް ރިޕީޓް ކުރަމުން ގެންދާށެވެ.

ޕުޑިން ރަނގަޅަށް ގިރުމުން މައިކްރޯވޭވް އިން ނަގައި އޭގެ ތެރެއަށް ވެނީލާ އެސެންސް އެއްކުރާށެވެ.

ދެން ބޯތައްޓަށް ވައި ނުވަންނާނެ ހެން ރަނގަޅަށް ބަންދު ކުރުމަށް ފަހު ފުރިޖަށް ލައި ފިނިކޮށްލާށެވެ.