ގދ. ތިނަދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ސެލޯފިންކޮޅާއެކު 5 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 48 އަހަރާއި 35 އަހަރައި 36 އަހަރާއި 34 އަހަރުގެ އިތުރުން 22 އަހަރުގެ ދިވެހި 5 ފިރިހެނުން ކަމަށެވެ. އަދި އެމީހުން ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެއްޗަށް ޕޮސިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ކަމަށް ބެލެވޭ ފަސް ސެލޯފިންކޮށްޅުތައް ފެނިފައިވާއިރު އެތަކެތި ފެނިފައިވަނީ ފާސްކުރި ގޭގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައި ކަމަށް ފުލުހުން ބުންޏެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހަވިރު އިންޓެލިޖެންސާއި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެރަށު ގެއެއް ބަލައި ފާސްކޮށްގެންކަމަށް ފުލުހުން ބުނެ އެވެ.