00:54 ތުއްތު ކުއްޖާ އައިޖީއެމްއެޗަށް ގެނެސްފި. ފުލުހުން ބުނީ ކުއްޖާގެ ހަށިގަނޑު ބަލައި ފާސް ކުރަމުން އަންނަ ކަމަށް.

00:32 ތުއްތު ކުއްޖާގެ ހަށިގަނޑު ޗެކު ކުރުމަށް އައިޖީއެމްޗަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދެންމެ ފުލުހުން ބުނި.

ވިލިމާލޭ ވަލުތެރެއިން ކޯސްޓް ދަޅަކަށް ލާފައި ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ތުއްތު ކުއްޖާ ފެނިފައި ވަނީ އެރަށު އިންޖީނުގެއާ ދިމާ ވަލުތެރެއިން ކަމަށެވެ. ފެނުނު ކޯސްޓް ދަޅުގެ ތެރޭގައި އޮތީ ކުޑަ ފިރިހެން ކުއްޖެކެވެ. ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯދުމުން ކުއްޖާ ފެނިފައިވަނީ މިރޭ 8:30 އާއި 9:00 ދެމެދު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު ކުއްޖަކީ ގާތްގަނޑަކަށް ބަނޑަށް ހަ މަހުގައި އުފަންވެފައިވާ ކުއްޖެއް ކަމަށެވެ. ފުލުހުންގެ ފޮރެންސިކް ޓީމް އެސަރަހައްދަށް ގޮސް ދަނީ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކުއްޖާ އަދިވެސް އޮތީ ފެނުނު އިރު އޮތް ތަނުގަ އެވެ.

މީގެ ދެ ހަފްތާ ކުރިން ވަނީ މަރުވެފައި އޮތް އަންހެން ކުއްޖަކު ޓްރެކް ސަރަހައްދުން ފެނިފަ އެވެ. އެކުއްޖާގެ ހަށިގަނޑުން ކޮންމެވެސް ވަރަކަށް ޒަޚަމްތައް ފެންނަން ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
)ތަފުސީލު އަންނަނީ(