02 Jul 2016, 10:38
ބޭނުންވާ ތަކެތި:
- މާރީ ބިސްކޯދު ޕެކެޓެއް
- 50ގ ކޮކޯ ޕައުޑަރު
- 150ގ ބަޓަރު
- 200ގ އައިސިން ޝުގާ
- 3/4 ޖޯޑު ކިރު
- ވެނީލާ އެސެންސް
- 50ގ ކެޝޫ ނަޓްސް (ކުދިކޮށް ކޮށާފައި)
- 1 ޖޯޑު ފެން
- 1.5 ސައިސަމުސާ ކޮފީ ޕައުޑަރު
ތައްޔާރު ކުރާނެ ގޮތް:
ބޯތަށްޓެއްގައި ބަޓަރާއި ހަކުރު އެއްކޮށްލާށެވެ. ރަނގަޅަށް އެކުވުމުން އޭގެ ތެރެއަށް ކޮކޯ ޕައުޑަރި އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ވެނީލާ އެސެންސް އަދި ކިރު އަޅައި ރަނގަޅަށް ގިރާލާށެވެ. ކްރީމް އެހާ ދިޔާ ނުކުރުމަށް ސަމާލުކަން ދޭން ވާނެ އެވެ.
ބޯތަށްޓެއްގައި ފެނާއި ކޮފީ އެއްކޮށް ގިރުމަށްފަހު، އޭގެ ތެރެއަށް މާރީ ބިސްކޯދުތައް ލައި ފޯކޮށްލާށެވެ. އެއަށްފަހު ޓްރޭ އެއްގައި ބިސްކޯދުތައް އަތުރާލާށެވެ.
އެއް ލޭޔަރު ބިސްކޯދަށް ފަހު، ބިސްކޯދުތަކުގެ މަތީގައި ކުރިން އެއްކުރި ކުރީމް ހާކާލާށެވެ. ރަނގަޅަށް ބިސްކޯދުތައް ފޮރުވާލުމަށް ފަހު އޭގެ މަތީގައި އަނެއްކާވެސް ބިސްކޯދު އަތުރާށެވެ. އަދި މަތީގައި ކުރީމް އުނގުޅާށެވެ.
ނިމުމުން މައްޗަށް ކެޝޫ ނަޓް ކޮޅެއް އަޅާލުމަށްފަހު، ޓްރޭގެ މަތި ޖަހައި ފްރިޖަށް ލާށެވެ.