ރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޑީއާރްޕީގެ ފަރާތުން މީޑިޔާއަށް މައުލޫމާތު ދެއްވަން ފެށި ހިސާބުން މަޝްހޫރުވެ ވަޑައިގެން ޑީއާރްޕީގެ ޖަލްސާ ތަކުގެ އޯޑިއަންސް ކައްކުވާލި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ނައިބު ލީޑަރު އަލީ ވަހީދު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
ބޮޑުބެރު ލަވައަކުން ކިޔަމުންދިޔަ މަރުހަބާއާއިއެކު އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ފިތިގެން އާޓިފިޝަލް ބީޗްގައި ހުރި އެމްޑީޕީގެ ސްޓޭޖަށް ވަޑައިގެން އެޕާޓީއަށް ސޮއިކުރެއްވުމަށް ފަހު އަލީ ވަހީދު ދެއްކެވި ވާހަކަފުޅުގައި ފުރަތަމަ ވެސް ވިދާޅުވީ އޭނާ ޑީއާރުޕީ ދޫކުރައްވައި ވަޑައި ގަތީ އެޕާޓީއަކީ ވާރުތަ މުދަލަކަށް ވަމުންދާތީ ކަމަށެވެ.

" ދިވެހި ރާއްޖެއަށް އަޅުގަނޑުމެން ބަދަލު ގެނައީ ވަކި އާއިލާއަކަށް ނިސްބަތްވީތީ ނުވަތަ ވަކި ނަސަބަކާ ހަސަބަކަށް ނިސްބަތްވީތީ މީހާ ކުރިއަރާކަށެއް ނޫން، އެމީހާގެ މަސައްކަތުން އެމީހާ ކުރިއަރަން، މިކަން ހަޖަމު ނުކުރެވިގެން ފާޑުފާޑުގެ ފެކްޝަނާ އެއްޗެހި ހަދައިގެން މިއަދު އަޅުގަނޑުމެންނަށް ފެންނަން އެބައޮތް އަޅުގަނޑުމެން ބުރަ މަސައްކަތް ކުރި ޕާޓީ އޮތް ހާލު، އެހެންވީމާ ވާރުތަ މުދަލަކަށް ވާތީވެ ދޫކޮށްލާފައި އަޅުގަނޑު ހުސްއަތާ މިނުކުތީ،" އަލީ ވަހީދު ވިދާޅުވި އެވެ.
ޑީއާރްޕީގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމުގައާއި ޑީއާރްޕީގެ އެކި ޕޯޑިއަމްތަކުގައި ޑީއާރްޕީގެ ޒައީމަށާއި އެ ޕާޓީގެ އާންމު މެމްބަރުންނަށް އެތައް އެތައް ތައުރީފެއް ކުރައްވާފައިވާ އަލީ ވަހީދު މިރޭ ޑީއާރްޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ވިދާޅުވީ މިހާރު ބަހުގެ ހަމަލާއެއް ދެއްވަން ބޭނުން ފުޅު ނުވާ ކަމަށެވެ.
ނަމަވެސް އަލީ ވަހީދު ވަނީ ޑީއާރްޕީން ކޮށްފައިވާ އެކި އެކި މަސައްކަތްތަކަށް ވަކިވަކިން ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޑޮލަރުގެ އަގު ބޮޑުކުރުމާއި ތަކެތީގެ އަގު އުފުލުމާ ދެކޮޅަށް ޒުވާނުން ކުރި މުޒާހަރާއަށް ޒުވާނުންގެ މުޒާހަރާގެ ނަން ދިނީ ޕާޓީގެ ނަން ފޭލް ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
" ޕާޓީގެ ނަން ފެއިލްވީމަ ޒުވާނުންގެ ނަން ޖެހީމަވެސް ހަމަ މުޒާހަރާއަށް ނުކުތިން، އެއީ ދިވެހި ރައްޔިތުންގެ ހައްގުގައި، އެހެން ނަމަވެސް މަޝްވަރާކުރަން ދާންވީމަ ވިޔަސް ނުވަތަ ރައީސުލް ޖުމްހޫރިއްޔާ ގެންނެވި ބަދަލު ނޫން މޮޅުވާނެ ގޮތް ބުނަން ވީމަ، މިހާރު ކިޔާ އެއްޗަކީ އިތުރަށް މުޒާހަރާ ނުކޮށްފިއްޔާ ތިމަންނާ މެން ހައްޔަރުކޮށްފާނޭ،" ޒުވާނުންނާއި އިދިކޮޅު ފަރާތްތައް ގުޅިގެން ކުރި މުޒާހަރާގެ މަގުސަދާއި މެދު ސުވާލު އުފައްދަވަމުން އަލީ ވިދާޅުވިއެވެ.

ޖަލްސާއަށް ގޮސްތިބި އެމްޑީޕީގެ މީހުންނާއި ޖަމާވެފައިވާ އެތައް ހާސް އާއްމު މެމްބަރުންނަކާއި އެ ޕާޓީގެ އިސް ބޭފުޅުންގެ ތަރުހީބުގެ އަތްތިލަ ބަޑިތަކާއި ހަޅޭކުގެ އަޑަށް ވަގުތު ދެއްވަމުން އަލީ ވަހީދު ވާހަކަ ކުރިއަށް ގެންދެވި ކޮންމެ ޖުމްލައަކަށް އޯޑިއަންސް ދިޔައީ ތަރުހީބު ދެމުންނެވެ.
ރައީސް ނަޝީދުގެ ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތްތަކަށް އިންޒާރު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ދެން ހުޅުވުމުން ޗާޓް އަލުން ކުރައްސަވާނެ ކަމަށެވެ.
"ދެން ރައްޔިތުންގެ މަޖިލިސް ހުޅުވުނީމަ ޗާޓް ވެސް ކުރަހާނަން، އެ ޗާޓްގެ އެތެރެ ވެސް އިނގޭނެ، އެ ޗާޓްގެ މައްޗަށް އަރައި ދިވެހިރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކަށް ހުރަސްއަޅާ މީހުން އެއްކައިރިކޮށްފަ ވެސް މިސަރުކާރު ކުރިއަށް ގެންދާނަން،" އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވަހީދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޗާޓްގެ ބޭރުން ބައެއް ކަންތައްތައް ކުރައްވާފައިވާ ކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރައްވަން ޖެހިވަޑައިގަތީ ސަރުކާރު ދެމި އޮތުމަށްޓަކައި ކަމަށެވެ. އަދި ކޮންމެ ސަރުކާރަކުން ވެސް އެކަން އެގޮތަށް ކުރައްވާނެ ކަމަށެވެ.

އަލީ ވަހީދުގެ ވާހަކައިގާ އޭނާ ދާދި ފަހުން ބައިވެރި ވެޑައިގެންނެވި މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔަ ގޮވުން ތަކުރާރު ކުރައްވަމުން ވިދާޅުވީ ތަކެތީގެ އަގު އުފުލެމުންދާ ކަމަށާއި ޑޮލަރުގެ އަގު އަތްނުފޯރާ ފަށަށް ދާ ކަމަކީ އެއީ އެންމެންވެސް ގަބޫކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.

އެހެން ނަމަވެސް އެކަން ހައްލުކުރާނެ އެއްވެސް ޕްލޭނެއް ނެތްކަމަށާއި އެފަދަ ޕްލޭނެއް ނެތި ހަމަ އެކަނި އަގު ތިރިކުރާށޭ ގޮވިޔަސް "ތިރިވާނީ ސޯޓް"ކަމަށް ވިދާޅުވެ، އަމިއްލަފުޅަށް ބައިވެރިވެ ވަޑައިގެން ނެވި މުޒާހަރާއަށް ވެސް އަލީ ފާޑު ވިދާޅުވި އެވެ.

އަލީވަހީދުގެ ވާހަކަފުޅާ ގުޅިގެން މިރޭގެ ޖަލްސާގައި ތަކެތީގެ އަގު އުފުލޭ ކަމަށް ރައީސް ނަޝީދުވެސް ވަނީ ފުރަތަމަ ފަހަރަށް އެއްބަސް ވެވަޑައިގެންފަ އެވެ.
އެމްޑީޕީއަށް އަލީ ވަހީދު ސޮއިކުރެއްވުމާ ގުޅިގެން ޖަލްސާގައި ބޮޑުބެރު ޖެހުމަށް ގެނެސްފައިވާ ގްރޫޕުން ކުޅުނީ ޑީއާރުޕީއަށް މަލާމާތް ރައްދުކުރާ ފަދަ ލަވައެކެވެ. އެގޮތުން، "ފަންރިޔަލުގައި މަހަށް ދުއްވާކަށެއް، އެންމެ ދުވަހަކު ވިޔަސް ނުފުރޭނެޔޭ..." މިލަވަ ކިޔަމުން ދިޔައިރު އެމްޑީޕީގެ އިސް ބޭފުޅުން އަލީ ވަހީދުއާ ކަރާ ކަރުޖައްސައި ސަލާމްކުރައްވަމުން ދިޔައެވެ.
ޖަލްސާގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ކަމަށް ވިދާޅުވި ނަމަވެސް އަލީ ވަހީދު ސޮއިކުރެއްވުމުން އެމްޑީޕީއަށް ހަމަވީ 34 މަޖިލިސް މެމްބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ 39 މެމްބަރުންނެވެ. އަލީ ވަހީދާއެކު ޑީއާރްޕީގެ އެކްޓިވިސްޓ އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އައްސަދު )އަޑުބަރޭ( އާއި އެޕާޓީގެ ކައުންސިލް މެންބަރު، ހަސަން ސުޖާވެސް ސޮއިކުރެއްވެވި އެވެ. ސުޖާ އެމްޑީޕިއާ ގުޅިވަޑައިގަތުމާއެކު އޭނާއަށް ވަނީ ސްޓޭޓް މިނިސްޓަރުކަންވެސް ދެއްވާފަ އެވެ.


----

އެމްޑީޕީގެ ބޮޑު ޖަލްސާ ނިންމާލާއިފި. މިހާރު އޮތީ މިއުޒިކް އައިޓަމްތަކެއް. އެއްވެފައިވާ މީހުން ނަށަނީ.

22:42 ޓެކްސްގެ ނިޒާމު ފައްކާކޮށްގެން ނޫނީ އަނެއް ދިވެހި ރާއްޖެއެއް ނުހޯދޭނެ. އެބަދަލުތައް މިދަނީ ގެންނަމުން. އަޅުގަނޑު ދަންނަން އަލީ ވަހީދު. އަޅުގަނޑު ބަލަނީ ނޭފަތު ކުރިޔަކަށްނޫން. އަލީ ވަހިދު ވިސްނުމާ ގާބިލު ކަން ދަންނަން. އިގުތިސޯދީ މަސައްކަތުގައި އެބޭފުޅާގެ ހިދުމަތް ލިބޭނެ. މި ޕާޓީން ރާއްޖެއަށް ސަލާމަތްތެރި ކަން ހޯދައިދޭނަން.

http://www.youtube.com/watch?v=g93ERooSRrA

22:41 ރާއްޖޭގެ އިގުތިސޯދު ބަދަލު ކުރެވޭނެ. އެކަން ކުރެވޭނެ ބަދަލުތައް ގެނެވެނެ. މި ސަރުކާރު ފަހަތަކަށް ނުޖެހޭނެ. ޓެކްސްގެ ނިޒާމު ގެންނާނަން.

22:37 ވެރިކަމުގެ އުންމީދު ކޮންމެ މީހަކަށްވެސް ކުރެވެންވާނެ. އުންމީދަކީ ޒުވާނުން އަނދަގޮނޑީގައި ނުޖެހި ކުރިޔަށް ދެވޭނެ މަގެއް ދެއްކުން. މިރޭ ފަހިވެގެން މިދަނީ އެމަަސައްކަތް ކުރެވޭނެ. މަޖިލީހުގެ އަގުލައބިއްޔަތު ލިބުމުން ވައުދުތައް މެކުހަށް ޖެހޭނެ. އެކަމުގައި ޝައްކެއް ނުހިނގާ: ރައީސް

22:37 ފިކުރު ތަފާތުވިއަސް ހަރުފަތަކަށް ފަހު ހަރުފަތެއް އަލީ ވަހީދަށް ވަނީ ހުޅުވިފައި: ރައީސް

22:33 ކަމެއް ވަނީ އެއް ސަބަބު އަނެއް ސަބަބާ ގުޅިގެން. އަބަދުވެސް މި މސައްކަތް ކުރަނީ ރާއްޖޭގެ ތަރައްގީއަށް. ރިވެތި ދިރިއުޅުމަކަށް ބޭނުންވާތީ. މިދަތުރު ފަށައި މިއަދާ ހަމައަށް އާދަވުނު އިރު އޮތީ މަޖިލީހުގެ އަގުލައބިއްޔަތު ނުލިބި. މިހާރު މިދަނީ ލިބެމުން. ލިބޭ އަގުލަބިއްޔަތު ޒިންމާދާރު ކަމާއެކު އަދާ ކުރުމަށް ގޮވާލައްވާފައި. ބައި މަދު މީހުންނަށް އިހުތިރާމު ކުރުމަށް ގޮވާލައްވައިފި

22:33 ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ މިހާރު. އަލީ ވަހީދަށް މަރުހަބާ ދަންނަވައިފި.

22:32 މައުމޫނަށް ހަދާނެ ގޮތަކާމެދު މޫސަ ސުވާލު ކުޔަމުން އެބަގެންދަވޭ، އަދި މައުމޫނު ހައްޔަރު ކުރުމަށް މޫސް ގޮވާލައްވައިފި

22:31 އަނިޔާ ކޮށްފައިވާ އެންމެންގެ މައްޗަށް އިންސާފު ގެންނާނެ. އިންސާފު ގެންނަން އުޅޭތީ ބައެއް ފަރާތްްތަކުން ފިލަން އުޅޭ ކަމަށް ވިދާޅުވެއްޖެ

22:30 އިދިކޮޅު ވެރިންނަށް ފާޑު ވިދާޅުވެއްޖެ، އޭގެ ތެރޭގައި ގާސިމާއި މުނައްވަރާއި ހަސަން ސައީދު ހިމެނޭ

22:29 މޫސަ އަލީ ވަހީދަށް މަރުހަބާ ދަންނަވައިފި.

22:23 ފަހަރަކު މީހަކު މިޕާޓީއަށް ސޮއިކުރާނެ. އެކަމަކު އަޅުގަނޑުމެންގެ އަޒުމަކީ އިދިކޮޅު ޕާޓީއަކާ އެކު މަސައްކަތް ކުރުން. ތަސްމީނުގެ ލިޑަޝިޕް ދެއްކެވުމަށް މާރިޔާ ގޮވާލައްވައިފި

22:22 އަލީ ވަހީދު ވަނީ ކުރިން ވެސް މި ޕާޓީއަށް ހިތް ކާފަރުވެފައި : މާރިޔާ

22:10 އިނާޒުގެ ނޯކޮންފިޑެންސް ނަގަން ވެގެން އައިމަ އަޅުގަނޑު ބުނިން ތިބޭފުޅުން ތިކަން ކުރާށޭ. އަޅުގަނޑަކަށް ނުވާނެ. . އަޅުގަނޑުމެން މިއަޮތީ މެކުހަށް ޖަހާފައި. ވާހަކަފުޅު ނިންމާލައްވާފައި. ރައީސް ސަލާމްކޮށްފި. އަނެއްކާވެސް މިއުޒިކު ފެށިއްޖެ. ޖަހަމުންދާ ބޮޑުބެރު ލަވާ ހާއްސަކޮށްފައި ވަނީ ޑީއާރްޕީގެ ބައިބައިވުމުގެ މައްޗަށް
http://sun.mv/albums/l_985.jpg

22:09 ތަސްމީނަށް ފާޑުވިދާޅުވެއްޖެ.

22:03 އިދިކޮޅުމީހުން އަބަދުވެސް ކިޔަނީ ގޯހޭ، ގޯހޭ، ހާކަނޑުގައި ލަބަރި ތެޅުމަކީ ބޭނުން ކަމެއް ނޫން. ޑީއާރްޕީގެ މެންބަރުން ވިސްނަވާ، ޕާޓީ ވަނީ ފޭލްވެފައި ޒުވާނުންގެ ނަންބޯޑު އެޅުވުުމުންވެސް ފޭލް. ދެއަހަރާ ބައިވީރު، ޑީއާރްޕީގެ ބަނޑުން ފިކުރެއް ނައި. ދެން ޗާޓު ގަވެސް ދެން ކުރަހާނަން. ހުރަސް އަޅާ މޫހުންއެއްކައިރިކޮށްވެސް މި ސަރުކާރު ކުރިޔަށް ގެންދާނަން

22:03 އަޅުގަނޑަކީ އެންމެ ބޮޑަށް ރައީސަށް ފާޑު ކީ މީހާ މިއަދު މިހިރީ މި ޕޯޑިއަމްގައި. ޑިމޮކްރަސީގައި ފާޑުކިޔޭނެ ސަނާ ކިޔޭނެ. އަޅުގަނޑަށް ކެރޭނެ މެގަޒިންނަށް ވަޒަން ލައިގެން ނުކުންނަން، ބޫންބޫން ކިޔަންވެސް ކެރޭ. އަޅުގަނޑމިއައީ ފަސިންޖަރުން ބަލައި ފަސިން ޖަރުންނާ ނުލައި ފްލައިޓަކަށް ދަތުރެއް ނުކުރެވޭ.

21:59 ޑީއާރްޕީގެ ނައިބުކަން ލިބުނީ މައުމޫނުގެ ނުރުހުމާއެކު، ޑީއާރްޕީއަކީ ވާރުތަމަ މުދަލަކަށްވީމަ ޑީއާރްޕީ ދޫކޮށްލާފައި ހުސް އަތާ މިއައީ އާދައިގެ މެންބަރެއްގެ ގޮތުގައ

http://sun.mv/albums/l_988.jpg

21:59 އަލީ ވަހީދު އިތްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއޭ ވިދާޅުވާ ކޮންމެ ފަހަރަކު އެންމެ ހޯބޯ ލަވަމުން އެބަދޭ ، އޭނާއަށް ސަޕޯޓުކޮށް އަދިވެސް އަޑު އުފުލަނީ.

21:56 އަލީ ވަހީދު ވާހަކަފުޅު ދައްކަވަނީ "ވަރަށް ބޮޑަށް ޝުކުރިއްުޔާ"

21:56 އަލީ ވަހީދު ވަޑައިގަތީ އަނެއް ރާއްޖެއަށް ވަޑައިގަތުމަށް ކަމަށް އިއުލާނުކޮށްފި ،

21:52 އެމްޑީޕީގެ ސަޕޯޓަރުން އަލީ ވަހީދު އުރާލައިގެން އެބައުޅޭ. މިހާރު އިންނެވީ ކާނަލް އާއި އަލްހާނާ ދެމެދު ކުރީ ސަފުގައި. އަލީވަހީދާއެކު އަޑުބަރޭއާއި ސުޖާ ވެސް އައި. އެންމެން ސޮއެކޮއްފި

http://sun.mv/albums/l_1000.jpg

21:52 އަލީ ވަހީދު ވަޑައިގަތީ ބޮޑު ބެރުގެ އައިޓަމެއްގެ ތެރެއިން، މިވަގުގު އިންނެވީ ރައީސް އަރިހުގައި، އަލީވަހީދު އިންނެވީ ހުދު ގަމީހަކާ ރަތް ޓައީ، އަދި ކަޅު ފަޓުލޫނެއްގައި

http://sun.mv/albums/l_990.jpg

21:47 މަޖިލިސް މެންބަރަކު ޕާޓީއާ ގުޅިވަޑައިގަންނަވާކަން އިއުލާންކޮށްފި

21:47 އެއްލަކަށް މެންބަރުން ހަމަކުރަންޖެހޭ، އެކަން ކުރެވޭނެ، ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ނުކުންނަވާނީ އެއްލައްކަ މެންބަރުންނާއެކު އަޣުލަބިއްޔަތު އޮވެގެން

21:45 މާޒީއަށް އިންސާފު ހޯދައިދޭން ޖެހޭ. އަޅުގަނޑު އުފާވަނީ 500 އަހަރަށް މި ޕާޓީގައި ވެރިކަން ދެމެހެއްޓޭނެތީ . މިކަން ދުވަކުވެސް ބަދަލެއް ނުވާނެ. މި ބަދަލެއް ދެން ނުގެނެވޭނެ . މިތިބީ ވައުދުތައް މެކުހަަށް ޖަހައިގެން

21:45 އިނާޔަތް ދީގެން ކުރީގެ ރައީސް ބަހައްޓަން އަޅުގަނޑުމެން ކުރި އުންމީދުތައް ރައީސް މައުމޫނު ދަނީ ވިއްސިވިހާލި ކުރަމުން. މާޒީގެ ޖަރީމާތައް ތަހުގީގު ކުރެވޭނެ. އެކަން ކުރީ ވަރަށް ބޮޑު ހުދުމުހުތާރު ނިޒާމެއްގެ ތެރެއިން

21:40 މިރޭއްޖޭގެ ރައްޔިތުންނަކަށް ރީނދޫ ކުލަ ނޫން ކުލައެއް ނެތް. މިނޫން މުސްތަގުބަލެއް ނެތް. ހުރިހާ އެންމެންގެ އުންމީދޫތައް ވަނީ މި ޕާޓީއާ ގުޅިފައި . ރައީސް މައުމޫނު ދަނީ ފާޅުގައި ފިތުނަ އުފައްދަމުން

21:40 މިހާރު ވާހަކަފުޅު ދައްކަވަނީ ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ

http://sun.mv/albums/l_993.jpg

21:39 އެމްޑީޕީން މަސައްކަތް ކުރަނީ ދިވެހި ރައްޔިތުން ތަނަވަސްކޮށްދޭން. ގައުމުގެ ވިސްނުން ވަނީ ބަދަލު ކުރަން ޖެހިފައި. އެމްޑީޕީގައި މިވަނީ އަލަށް އިންޖީނެއް އަޅައި މެކުހަށް ޖަހާފައި.

21:35 ރާއްޖޭގެ އެންމެ އެމްޑީޕީއާ ގުޅުމަށް ގޮވާލައިފި.

21:34 މިހާރު ވާހަފުޅު ދައްކަވަނީ ޖާބިރު

21:33 މުއްސަނދި ދެތިން އާއިލާއެއްގެ އަތުން ގައުމު ވަނީ ސަލާމާތް ކުރަން ޖެހިފައި. މުއްސަނދިން އަތުން ވަނީ ޓެކްސް ނަގަން ޖެހިފައި.

21:29 ޕާޓީއާ އަލަށް ގުޅޭ ފަރާތްތައް އަޅުގަނޑުމެން ބަލައިގަންނާނެ. އިދިކޮޅުގައި ތިބެ ދެއްކެވި ވާހަކަތަކަށް ވިސްނާނެ. ގަބީލާ ވިސްނުމެއް އެމްޑީޕީން ނުގެންގުޅޭނެ

21:27 މިހާރު ވާހަކަފުޅު ދައްކަވަނީ ސަރަނގު އާދަމް މަނިކު

21:24 ފިއްތުންތައް ކުރިމަތި ކުރިޔަސް ވައުދުތައް މިވަނީ ފޯރުކޮށްދެވިފައި. ވޭތުވެދިޔަ 10 އަހަރު ކުރީގެ ސަރުކާރުން މަސައްކަތް ނުކުރެވޭ ވަރަށް އަޅުގަނޑުމެން ވަނީ މަސައްކަތް ވައުދު ފުއްދާފައި. ދައުރުގެ ފުރަމަ ބަޔަށް ބީ ރިޕޯޓް ވަނީ ލިބުފައި

21:23 ޕާޓީން ވެފައިވާ ވައުދުތަކުގެ 50 ޕަސެންޓް ވަނީ ފުއްދައިދެވިފައި.

21:22 މެންބަރުންގެ އަދަދު އެއްލަކައަށް އެރުވޭކަމުގެ ޔަގީންކަން އެބައޮތް: ޑރ. ޑީޑީ

http://sun.mv/albums/l_989.jpg

21:18 ވެރިކަމުގެ ދެއަހަރާ ބައި ނިމުނު އިރު ރައްޔިތުން ހުވަފެނުން ވެސް ނުދެކޭފަދަ ތަރައްގީ ވަނީ އަޅުގަނޑުމެންގެ ސަރުކާރު ހޯދާފައި

21:15 މިއަދު މިދަނީ ޕާޓީ ދިރެމުން ރޯޝަންކަން ލިބެމުން ކަމަށް ޑރ. ޑީޑީ ވިދާޅުވެއްޖެ.

"އަޅުގަނޑު ވަހާލުވި ފަހުން ބައްދަލު ކުރަން އަން މީހުންގެ 30 ޕަސެންޓަކީ އެހެން ޕާޓީތަކުގެ މީހުން. މިރޭ ޔަގީން ވެއްޖެ. ޕާޓީގެ އަދަދު ދެގުނަ އިތުރު ކުރެވޭނެ ކަމަށް. 2013 އަށް ވުރެ މާ ކުރިން އެކަން ފުދޭނެ."

21:14 މިހާރު ވާހަކަފުޅު ދައްކަވަނީ ޑރ. ޑީޑީ، 9:47 ކީ މިރޭ ޕާޓީއަށް ލިބޭނެ ހާއްސަ ވަގުތުކޮޅެއް ކަމަށް ބުނޭ

21:11 މިއީ ހާއްސަ ޖަލްސާތަކެއްގެ ފެށުމެއް، މިއީ އެމްޑީޕީއަށް އުފާވެރި ހަބަރު ގެނެސްދޭ ޖަލްސާތަކެއްގެ ފެށުން ކަމަށް ބުނެފި. ދެން ވާހަކަ ދައްކަވަނީ ޑރ. ޑީޑީ، ދެން ސަރަނގު އާދަމް މަނިކު، ދެން ޖާބިރު، އަދި އަލްހާން

21:11 މިވަގުތު ޖަލްސާ ތައާރަފު ކުރަނީ، ޖަލްސާ ތައާރަފު ކުރަނީ ހޯރަ އިއްބެ

21:07 މިހާރުު އެމްޑީޕީގެ ޖަލްސާ އާޓިފިޝަލް ބީޗުގައި ފަށައިފި. ރައީސްވެސް ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާ

21:04 ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ޖަމާވެފައި މިރޭ އެމްޑީޕީއަށް ސޮއި ކުރައްވާނެ ކަމަށް ބެލެވިފައިވާ އަލީވަހީދު އަދިއެއް ނެތް.

20:55 މިރެއަށް އެމްޑީޕީން ތިން މާފަތި ތައްޔާރުކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން އެމްޑީޕީގެ އޮފިޝަލުންނާ ހަވާލާދީ ބުނޭ

"ވައުދުތައް މެކުހަށް" މި ނަމުގައި އާޓްފިޝަލް ބީޗުގައި މިރޭ އެމްޑީޕީން ބާއްވާ ޖަލްސާއަށް ގިނަ އަދަދެއްގެ މީހުން ޖަމާވަމުން އެބަދެ އެވެ. މި ޖަލްސާ އެމްޑީޕީން ބާއްވަނީ ރައްޔިތުންގެ މަޖިލިސްގެ ބައެއް މެންބަރުންނާއި ސިޔާސީ މައިދާނުގެ ބައެއް އިސް ފަރާތްތައް އެމްޑީޕީއާ ގުޅިވަޑައި ގަންނަވާ ކަމަށާއި "މިރެއަކީ ބޮޑު ރެއެއް" ކަމަށް ބުނަމުންނެނެވެ.

އަދި މިރޭ އެޕާޓީއަށް ސޮއި ކުރައްވާ ބޭފުޅުން، ވެރިކަން ކުރާ އެމްޑިޕީގެ މެނިފެސްޓޯގައިވާ "ވައުދުތައް މެކުހަށް" ޖެހުމަށް ކުރަންހުރި މަސައްކަތްތަކާ ބެހޭ ގޮތުން ޖަލްސާގައި ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބެނެފަ އެވެ. މި ޖަލްސާގައި ބައިވެރިވުމަށް އއ. ތޮއްޑޫން މިއަދު ވަނީ 100 އަށް ވުރެ ގިނަ މީހުން މާލެ އައިސްފަ އެވެ. މިރޭ ޖަލްސާގައި އިއްޔެ ޑީއާރްޕީން ވަކިވެ ވަޑައިގެންނެވި އެޕާޓީގެ ޑިޕިއުޓީ ލީޑަރު އަލީ ވަހީދު ސޮއިކުރައްވާ ކަމަށް ވެއެވެ.

މިރޭގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.