01 Jul 2016, 20:48
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ދަރި އިނގިރޭސި ކްލަބު ފުލަމް އަށް ސޮއިކޮށްފި އެވެ.
މޮރީނިއޯގެ ދަރި ހޯސޭ މާރިއޯ މޮރީނިއޯ ޖޫނިއާ ފުލަމް އަށް ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ދަށުންނެވެ.
މޮރީނިއޯ ޖޫނިއާ އަކީ އޭނާގެ ކާފައެކޭ އެއްގޮތަށް ގޯލްކީޕަރެއްގެ މަގާމަށް ކުޅެމުންދާ ކުޅުންތެރިއެކެވެ. ފުލަމްއާ ގުޅުމަށް އެއްބަސްވުމުގައި ސޮއިކުރަނިކޮށް ޓުވިޓާގައި ފޮޓޯއެއް ޕޯސްޓްކުރި އިރު، ކައިރީގައި އޭނާގެ މަންމަ މަޓިލްޑޭ ފާރިއާ ވެސް އިނެވެ.
ފުލަމް އަށް ސޮއިކުރުމަށްފަހު އިންސްޓަގްރާމުގައި މޮރީނިއޯ ޖޫނިއާ ދިން މެސެޖެއްގައި ބުނީ، އޭނާ އަށް ސަޕޯޓްކުރާ އެންމެންނަށް ޝުކުރު އަދާކުރާ ކަމަށާއި އެ ހުރިހާ މީހުން ވެސް ފަހުރުވެރި ކޮށްދޭނެ ކަމަށެވެ.
ފުލަމްގެ ޔޫތު ޓީމުތަކުން ފެނިގެންދާނެ އުމުރުން 16 އަހަރުގެ މޮރީނިއޯ ޖޫނިއާ ވަނީ އޭނާ ބައްޕަ ކޯޗުކޮށްދިން ރެއާލް މެޑްރިޑާއި ޗެލްސީގެ ޔޫތު ޓީމުތަކަށް ވެސް ކުރިން ކުޅެފަ އެވެ.