ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

200ގ ޑާކް ޗޮކުލެޓް (ކުދިކޮށް ކޮށާފައި)

200ގ ބަޓަރު (ކުދިކޮށް ކޮށްފައި)

200ގ ހަކުރު

4 ބިސް

200ގ ފުށް

ކެރަމަލް ސޯސް

ވެނީލާ އައިސްކްރީމް

ތައްޔާރު ކުރާނެ ގޮތް:

ފެން ހޫނުކުރަން އުދާށެވެ. ފެން ތެލި ކެކެން ފެށުމުން އޭގެ މަތީގައި ތަވައެއް ބަހައްޓައި ބަޓަރު އަދި ޗޮކުލެޓް ދިޔާ ކުރާށެވެ.

ޗޮކުލެޓާއި ބަޓަރު ރަނގަޅަށް ދިޔާވުމުން، އޭގެ ތެރެއަށް ކޮކޯ ޕައުޑަރި އަޅާ އެއްކޮށްލާށެވެ.

ބޯތަށްޓެއްގައި ހަކުރު އަދި ބިސް އެއްކޮށް ގިރާށެވެ. ހުދު ފޮނު އަރަންދެން ގިރަމުން ގެންދާށެވެ. ރަނގަޅަށް ގިރުމުން އޭގެ ތެރެއަށް ޗޮކުލެޓް އަޅައި ގިރާލާށެވެ.

އެއަށްފަހު އޭގެ ތެރެއަށް ފުށް އަޅައި ގިރާލާށެވެ.

އެއަށްފަހު މައިކްރޯވޭވް ކުރާ ކުދި ބޯތަށްޓަށް ޗޮކުލެޓް އެޅުމަށްފަހު ފިހެލާށެވެ.