ބޭނުންވާ ތަކެތި:

900ގ ބޯންލެސް ކުކުޅު (ބޮޑެތިކޮށް ކޮށާފައި)

4 ކެރެޓު

2 ލީކްސް

1 ފިޔާ (ހަތަރު ފަޅިއަށް ފަޅާފައި)

8 ތަށި ފެން

ޕާސްލޭ ފަތް

ލޮނު އަދި އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް ފެން އަޅައި އޭގެ ތެރެއަށް ފޮތިކޮށްފައި ހުރި 3 ކެރެޓު އަދި އެއް ލީކްސް އެޅުމަށް ފައު އޭގެ ތެރެއަށް ކުކުޅާއި، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު ކައްކަން އުދާށެވެ. ކުކުލު ކޮޅު ރަނގަޅަށް ރޯފިލަންދެން ކައްކާށެވެ.

ކެކުމުން ކުކުޅު ކޮޅު ނަގައި، ހިހޫ ކުރަން ބަހައްޓާށެވެ. ދެން ތަރުކާރީ ކޮޅު ނެގުމަށްފަހު، ސޫޕު ކޮޅު ތެލީގައި ބަހައްޓާށެވެ. އެއަށްފަހު އޭގެ ތެރެއަށް ބާކީ ހުރި ތަރުކާރީ ކޮޅު ކޮށާލާށެވެ. އެއަށްފަހު 10 ވަރަކަށް މިނެޓު ކައްކާލާށެވެ.

ކުކުޅު ކޮޅު ހިހޫ ވުމުން، ކުދިކޮށް ކޮށުމަށްފަހު ސޫޕް ގަނޑުގެ ތެރެއަށް އަޅައި ކުޑަ އިރުކޮޅަކު ކައްކާލާށެވެ. އޭރުން ޗިކަން ސޫޕް ތައްޔާރުކޮށް ނިމުނީ އެވެ.