30 Jun 2016, 22:01
ހުށަހެޅިފައިވާ ސީރިއަސް މައްސަލަތަކަކާ ގުޅިގެން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު މިއަދު ސަސްޕެންޑު ކޮށްފި އެވެ.
ސަސްޕެންޑު ކޮށްފައި ވަނީ ޕްލޭނިންގ އެންޑް މޮނިޓަރިންގ ގެ ޑިރެކްޓަރ ޖެނެރަލް ޝައްމޫން އާދަމާއި ކޯޕަރޭޓް ސާރވިސަސްގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް އެވެ.
އެލްޖީއޭގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ދެ ބޭފުޅުން ސަސްޕެންޑު ކުރުމަށް ނިންމާފައި ވަނީ ބޯޑަށް ހުށަހެޅި ޝަކުވާ ތަކަކާ ގުޅިގެން ކަމަށެވެ. އެ ދެ ބޭފުޅުންނާ ގުޅިގެން ހުށަހެޅުނު ޝަކުވާތައް ބަލަން އެލްޖީއޭގެ ބޯޑުން ނިންމީ އިއްޔެ އެވެ.
ދެ ބޭފުޅުންނާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ކޮށްފައި ހުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކަކާއި އަމިއްލަ ވަޒީފާގެ ކުރިއެރުން ހޯދުން ފަދަ މައްސަލަތައް ހިމެނެ އެވެ.
އެ ދެ ބޭފުޅުން ސަސްޕެންޑު ކޮށްފައި ވަނީ މައްސަލަތައް ބަލައި ނިމި، ވަކި ގޮތެއް ކަނޑައެޅެންދެނެވެ. މައްސަލަތައް ބަލައި ނިމެންދެން މުސާރަ އާއި އިނާޔަތްތައް ހަމައަށް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ވ