ޕީޕީއެމް ހަރުދަމާ ކުރެއްވުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ލަފާ ދެއްވުމަށް ކޮމެޓީއެއް އެކުލަވާލައިފިއެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ މިއަދު މެންދުރު ބޭއްވި ބައްދަލު ކުރެއްވުމަކަށްފަހު ރައީސް މައުމޫންއަށް ލަފާ ދެއްވުމަށް ހަތް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އެކޮމެޓީގައި ތިއްބަވަނީ.

1. ކުރީގެ ވަޒީރު އަނީސާ އަހުމަދު

2. މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރު

3.ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

4. ކުރީގެ މެމްބަރު އަދި ވަޒީރު ހަމްދޫން ހަމީދު

5.ޖެންޑާ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އައިމިނަތު ނާދިރާ

6. ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް

7. ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިފާ ޝުކޫރު

އެކޮމެޓީން އަދި ވަކިކަމެއް ނުނިންމާ ކަމަށާއި ކޮމެޓީގެ މައިގަނޑު މަސައްކަތަކަށްވާނީ ޕާޓީ ހަރުދަނާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެކޮމެޓީ ރައީސް މައުމޫން މިއުފެއްދެވީ އެޕާޓީ ހިންގެވުމުގެ ބާރު ޕާޓީގެ ނައިބް ރައީސް އަބްދުއް ރަހީމް އަބްދުﷲ އަތުން ރޭގައި ނަންގަވާފައިވަނިކޮށެވެ.

ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން އާއި ރައީސް އަބްދުﷲ ޔާމީން އާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅެއެވެ.