ެ އެސްޓީއޯ އިން ތެލުގެ އަގު ބޮޑު ކުރިތާ ތިން ހަފްތާ ނުވަނީސް އަނެއްކާ ވެސް މިއަދު ޑީސަލް ލީޓަރަކުން 56ލ. އަދި ޕެޓްރޯލް ލީޓަރަކުން 1.17ރ. ބޮޑުކޮށްފި އެވެ.

މިއީ މި އަހަރުގެ ތެރޭ ޕެޓްރޯލާއި ޑީސަލް އެސްޓީއޯ އިން ބޮޑު ކުރި ހަތް ވަނަ ފަހަރެވެ.

މި ބަދަލާ އެކު ސަރުކާރާއި ރައްޔިތުންގެ ކުޑަ ހިއްސާއެއް އޮންނަ އެސްޓީއޯ އިން މިހާރު ޑީސަލް ލީޓަރެއް ވިއްކާނީ 15.65ރ. އަށް އަދި ޕެޓްރޯލް ލީޓަރެއް 16.19ރ. އަށެވެ.

އެސްޓީއޯ އިން ބުނީ ތެލުގެ އަގަށް ބަދަލު ގެންނަން ޖެހުނީ އެންމެ ފަހުން ލިބިފައިވާ ޑީސަލާއި ޕެޓްރޯލް ޝިޕްމަންޓްގެ އަގަށް ބަދަލު އައިސްފައިވާތީ ކަމަށެވެ.

މިއަދު އެސްޓީއޯ އިން ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑު ކުރުމުގެ ކުރިން ޑީސަލް ލީޓަރެއް ވިއްކާފައި ވަނީ 15.09ރ. އަށް އަދި ޕެޓްރޯލް ލީޓަރެއް 15.02ރ. އަށެވެ.