30 Jun 2016, 15:08
ރާއްޖެ ގެންނަ ބިދޭސީން އެ ގައުމެއްގެ ސަރުކާރު މެދުވެރިކޮށް ސިއްހީ ޓެސްޓްތައް ހަދައި ކުށުގެ ރިކޯޑް ސާފު ކުރުމަށް ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ސަން އަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނަ ބިދޭސީން ރާއްޖެ ގެންނާނީ އެގައުމަކުން ސިއްހީ ކަންކަމާއި ކުށުގެ ރިކޯޑް ބެލުމަށް ފަހު ކަމަށެވެ.
"މިގެންނަ ބަދަލަކީ ރާއްޖެ އަށް އައުމުގެ ކުރިން ސިއްހީ ގޮތުންނާއި ކުށުގެ ރެކޯޑް ވެސް ބެލިފައޭ އޮންނަން ވާނީ، އެހެންވީމާ ފުރީ އެރައިވަލް ޗެކެއް މިކުރެވެނީ." މިނިސްޓަރު ވިދާޅުވި އެވެ.

ކުރިއަށް އޮތް ދެ މަހަގެއްގެ ތެރޭގައި އެކަން ފަށާއިރު ފުރަތަމަ ފެށުމަށް ނިންމާފައި ވަނީ ބަނގުލަދޭސްގަ އެވެ.
މިހާރު އިންނަ އުސޫލަކީ އެބިދޭސީ މީހާ ރާއްޖެ އައުމުން އެޓެސްޓްތައް ހެދުމެވެ. އޭގެން ބައެއްފަހަރު ޓެސްޓްތަކުގެ ނަތީޖާ އަންނަގޮތުން ފޮނުވާލަންޖެހެ އެވެ.