ބޭނުންވާ ތަކެތި:

  • 2 މޭޒުމަތީ ސަމުސާ ކައްކާ ތެޔޮ
  • 1 ފިޔާ (ކުދިކޮށް ކޮށާފައި)
  • ލޮނުމެދު ބޮނޑިއެއް (ގާނާފައި)
  • 5 ސޮސްޖު (ކުދިކޮށް ކޮށާފައި)

ބަތް

  • 4 ފެހި ތޮޅި (ކުދިކޮށް ކޮށާފައި)
  • 2 ބިސް (ގިރާފައި)
  • 2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
  • ލޮނު އަދި އަސޭމިރުސް
  • ފެން ފޮދެއް

ތައްޔާރު ކުރާނެ ގޮތް:

ތަވައެއްގައި ތެޔޮ ފޮދު ހޫނުކުރުމަށް ފަހު، ފިޔާ ކޮޅާއި ލޮނުމެދު އަޅައި މީރުކޮށްލާށެވެ. އެއަށްފަހު ސޮސެޖުކޮޅު އަޅައި ރަނގަޅަށް ތެލުލާށެވެ.

ސޮސެޖުކޮޅު ތެލުލެވުމުން އޭގެ ތެރެއަށް 3 މޭޒުމަތީ ސަމުސާ ފެން އެޅުމަށްފަހު ބަތް ކޮޅު އަޅައި ރަނގަޅަށް ހާކާލާށެވެ.

ހުރިހާ އެއްޗެއް އެއްވުމުން، ގިރާފައި ހުރި ބިސް ވެސް އެއްކޮށްލާށެވެ. އަދި ސޯޔާ ސޯސް އާއި ލޮނު ކޮޅަކާއި އަސޭމިރުސް ކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.