އުރީދޫ އާ ގުޅިގެން ހުއާވޭގެ އެންމެ ފަހުގެ ފޯނު ކަމަށްވާ ޕީ9 އަދި ޕީ9 ލައިޓް މިއަދު ރާއްޖޭގައި ތައާރަފްކޮށްފި އެވެ.

ހުއާވޭ ޕީ9 އަކީ ބައިނަލްއަގުވާމީ ބްރޭންޑެއް ކަމަށްވާ ލެއިކާ ކެމެރާ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ފުރަތަމަ ސްމާޓްފޯނެވެ. އެ ފޯނުގެ ޑުއަލް ކެމެރާ ލެންސް އާއި އެކު ސްމާޓްފޯނުގެ ފޮޓޯގްރަފީ ވަނީ އާ ހަރުފަތަކަށް ގެނެސްދީފަ އެވެ. ހުއާވޭގެ ޕީ-ސީރީޒް ފޯނުތަކުން ތަކުރާރުކޮށް ފެނިފައިވާ އެންމެ ފަހުގެ އިންޑަސްޓްރިއަލް ޑިޒައިންތައް ޕީ9 ފޯނުގައިވެ ހިމެނެ އެވެ.

އެ ފޯނުގައި ހިމަނާފައިވާ ލޯންގް އެކްސްޕޮޝާ ފީޗާތަކުގެ ސަބަބުން ރޭގަނޑުގެ ފޮޓޯއަށް ފުރިހަމަ އަލިކަމެއްގައި އޭގެ ކެމެރާއިން ނަގައިދެ އެވެ. އެލުމިނިއަމް އިން ހަދާފައިވާ އަދި އެޕަލް 6އެސް އަދި ގެލެކްސީ އެސް7 އަށްވުރެ، ތުނި އެ ފޯނުގެ އެންމެ ޝައުގުވެރި އެއް ފީޗާ އަކީ ފޯނުގެ ފަހަތުގައި ހިމެނޭ 12 މެގަޕިކްސެލްގެ ދެ ކެމެރާއެވެ.

އުރީދޫ އިން ރާއްޖެއަށް ތައާރަފްކުރި ހުއާވޭ ޕީ9 ސްމާޓް ފޯނު: މިއީ ލެއިކާ ކެމެރާ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ފުރަތަމަ ސްމާޓްފޯން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މި ފޯނުން ފާހަގަކުރެވުނު އެއް ކަމަކީ ފޯނުގައި އިންނަ ތިން ކެމެރާ އެވެ. އެއީ ފަހަތުގައި ދެކެމެރާ އަދި ކުރިމަތީގައި އަށް މެގަޕިކްސަލްގެ އެއް ކެމެރާ އެވެ. ފަހަތުގައި ހިމަނާފައިވާ ދެ ކެމެރާގެ ސަބަބުން ފޮޓޯ ނެގުމަށްފަހު ފޯކަސް ބަދަލުކޮށްލުމުގެ ގާބިލުކަން ފޯނަށް ލިބެއެވެ. އެހެންކަމުން ދުރު ފެންނަ ގޮތަށް، ނަމަވެސް ކައިރީ އިންނަ އޮބްޖެކްޓަށް ފޯކަސް ކޮށްލާފައި ފޮޓޯ ނެގުމަށް ފަހުވެސް، ކައިރިން ފޯކަސް ކުރި އޮބްޖެކްޓް ފޯކަސް އައުޓްކޮށް ދުރު ފޯކަސްކޮށްލެވެ އެވެ. މިއީ ސްމާޓް ފޯނަކުން މަދުން ނޫނީ ނުފެންނަ ފީޗާއެކެވެ.

ސްމާޓްފޯނަށާއި ފޮޓޯގްރަފީ އަށް ލޯބިކުރައްވާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް އުރީދޫގެ ކަސްޓަމަރުންނަށާއި އަލަށް ނެޓްވޯކާ ގުޅޭ މީހުންނަށް މިއަދު އުރީދޫ އިން ވަނީ ތައާރަފްކޮށްފަ އެވެ.

ޕީ9 ސްމާޓް ފޯނު ރާއްޖެއަށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

  • އަލަށް ނެޓްވޯކާ ގުޅޭ ފަރާތްތަކަށް ހާއްސަ ހުއާވޭ ރޭޓް ޕްލޭން

އެ ޕްލޭނަކީ ފޯނަކަށް ހާއްސަކޮށްގެން ރޭޓް ޕްލޭނެއް ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ފަހަރެވެ. އެންމެ 495 ރުފިޔާގެ މަހުފީއަކާ އެކު އެ ރޭޓްޕްލޭން މެދުވެރިކޮށް ކަސްޓަމަރުންނަށް ހުއާވޭ ޕީ9 ފޯނު ލިބުމުގެ އިތުރުން ހިލޭ ކޯލް، ހިލޭ އެސްއެމްއެސް އަދި ހިލޭ ޑޭޓާވެސް ލިބޭނެކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.

ހުއާވޭ ރޭޓްޕްލޭން މެދުވެރިކޮށް ހަމަހުގެ ކޮންޓްރެކްޓަކާ އެކު 1499 ރުފިޔާގެ ޑައުންޕޭމަންޓަކާ އެކު ހުއާވޭ ޕީ9 ލައިޓް ލިބޭނެކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.

  • އުރީދޫ ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ހާއްސަ ކޮންޓްރެކްޓް އޮފާ

ހުއާވޭގެ ޕީ9 ސީރީޒްގެ ފޯނުތައް ހިޔާރުކުރާ އުރީދޫ ކަސްޓަމަރުންނަށް ހާއްސަކޮށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ޕްލޭންތަކެއް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުއާވޭ ޕީ9 ލައިޓް މަހަކު 245 ރުފިޔާ އަށް އަދި ހުއާވޭ ޕީ9 މަހަކު 495 ރުފިޔާއަށް ލިބޭނެކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.

އެ އޮފާގައި ޕޯސްޓްޕެއިޑް 249، ޕޯސްޓްޕެއިޑް 399، ޕޯސްޓްޕެއިޑް 499، ޕޯސްޓްޕެއިޑް 749، ޕޯސްޓްޕެއިޑް899، އަދި ޕޯސްޓްޕެއިޑް 999 ގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ.

އުރީދޫ އިން ރާއްޖެއަށް ތައާރަފްކުރި ހުއާވޭ ޕީ9 ސްމާޓް ފޯނު: މިއީ ލެއިކާ ކެމެރާ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ފުރަތަމަ ސްމާޓްފޯން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

  • ފުލް ޕޭމަންޓް ޕްލޭން

އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހުއާވޭ ޕީ9 ސީރީޒްގެ ފޯނުތައް ބައްލަވައިގަތުމަށް އެހީތެރިވެދޭ ހާއްސަ ޕެކޭޖް ތަކުގެ ތެރޭގައި، ހިލޭ ކޯލް އަދި 12 ޖީބީގެ ހިލޭ ޑޭޓާ ހިމެނޭ ފުލްޕޭމަންޓް އޮފާއެއްވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެ އޮފާ މެދުވެރިކޮށް ރާއްޖޭގެ މާކެޓްގެ އެންމެ ހެޔޮ އަގުގައި ހުއާވޭ ޕ9 ފޯނުތައް ލިބޭއިރު، ހުއާވޭ ޕީ9 ލައިޓް ލިބޭނީ 3799 ރުފިޔާ އަށް ކަމަށް އުރީދޫ އިން ބުންޏެވެ.

އޭގެ އިތުރުން ހުއާވޭ ޕީ9 ލިބޭނީ 7599 ރުފިޔާއަށް ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.