29 Jun 2016, 21:20
ސްވިޑަން ތަރި ޗްލަޓަން އިބްރަހިމޮވިޗް ދެން ގުޅޭނެ ކްލަބަކަށް އޭނާއާއެކު ފްރާންސްގެ މަޝްހޫރު ޝެފް ޖޯލް ރޮބަޝަން ގެންދާނެ ކަމަށް އިބްރަހިމޮވިޗް ބުނެފި އެވެ.
ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް ކުޅުމަށްފަހު، ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި އިބްރަހޮމިވިޗް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑެވެ.
ކުރިއަށް އޮތް ސީޒަނުގައި ގުޅޭނެ ކްލަބެއް ނިންމާފައިވާ ކަމަށް އިބްރަހިމޮވިޗް ބުނެފައިވާ އިރު، ޗެފް ރޮބަޝަން ގެންދަން ނިންމުމުން އެ ކްލަބަކުން އިތުރު ހަރަދުތަކެއް ކުރަން ޖެހޭނެ އެވެ.
"އަހަރެން ދެން ދާ މަންޒިލަކަށް ޕެރިހުން އަހަރެންގެ ޝެފް ގެންދާނަން،" ޝެފް ރުބޮޝަންގެ ފޮޓޯއާއެކު އިބްރަހިމޮވިޗްގެ އިންސްޓަގްރާމުގައި ލިޔެފައިވެ އެވެ.
އުމުރުން 71 އަހަރުގެ ޝެފް ރުބޮޝަން އަކީ 1989 ވަނަ އަހަރު ހޮވި ޝެފް އޮފް ދަ ސެންޗުރީ އެވެ. އޭނާ އަކީ ދުނިޔޭގެ ގިނަ ތަރިންތަކެއްގެ މަގުބޫލުކަން ވެސް ހޯދާފައިވާ ޝެފެކެވެ.