އޮންލައިން ނޫހެއް ކަމަށްވާ ދުވަސް ނޫހުގެ ފަރާތުން، ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންނަށް ހަދިޔާ ދިނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެނޫހުގެ ޗީފް އެޑިޓަރު އަޒުމީ އަލީ މިއަދު ސަން އަށް ވިދާޅުވީ އެނޫހުން ހިންގާ "ހަދިޔާ" ޕްރޮގުރާމް މެދުވެރިކޮށް ކޮންމެ ފަރާތަކަށް ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންތިބޭ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

"އެމީހަކަށްވެވުނު ވަރަކުން އެހީތެރިވުމަކީ ވަރަށް ބޮޑަށް އެދޭކަމެއް، ދުވަސް އިން މިއަޅައިދެނީ އެކަމަށް ފާލަމެއް،" އަޒުމީ ވިދާޅުވި އެވެ.

ދުވަސްގެ ހޮޓްލައިން 9534444 އަށް ގުޅުމުން ފައިސާ ފިޔަވައި ކޮންމެ ހަދިޔާއެއް ވެސް އެމަރުކަޒަށް ހަދިޔާ ކުރެވޭނެ ކަމަށް އަޒުމީ ވިދާޅުވި އެވެ.