29 Jun 2016, 12:58
ރާއްޖެ އިން ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވެ، އުޅުމަށް ފަހު ފިލައިގެން އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން ރާއްޖެ އައި "ޓެރަރިސްޓެއް" ކަމަށް ތުހުމަތު ކުރެވޭ މީހަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ޓެރަރިޒަމްގެ ތުހުމަތުކުރެވޭ 30 އަހަރުގެ ދިވެހި ފިރިހެނަކު މި މަހު ހަ ވަނަ ދުވަހު ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެމީހާއަކީ ރ. ދުވާފަހަރަށް ނިސްބަތްވާ މީހެކެވެ. އޭނާ ވަނީ ޕާކިސްތާން ފަދަ ގައުމުތަކުގެ ހަނގުރާމަތަކުގައި ހަރަކާތްތެރިވެފަ އެވެ.
އަދި އޭނާއަކީ 2007 ވަނަ އަހަރު ސަލްޓަންޕާކުގައި ބޮމެއްގޮއްވާލައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހޯދަމުން ދިޔަ މީހެކެވެ.