ބޭނުންވާ ތަކެތި:

  • 45ގ ބަޓަރު (ދިޔާކޮށްފައި)
  • 25ގ ޗީޒް
  • 1 ސައިސަމުސާ ލޮނުމެދު (ގާނާފައި)
  • 2 ސައިސަމުސާ ތައިމް ފަތް (ކުދިކޮށް ކޮށާފައި)
  • ލޮނު ކޮޅެއް
  • މުގުރި އަސޭމިރުސް
  • 10 އަލުވި

ތައްޔާރު ކުރާނެ ގޮތް:

އަލުވިތައް މަށައި، ތުނިކޮށް ފޮތިކުރާށެވެ.

ބޯތަށްޓެއްގައި ދިޔާކޮށްފައި ހުރި ބަޓަރު، ޗީޒް، ތައިމް، ލޮނު، ލޮނުމެދު އަދި ލޮނު އެއްކުރާށެވެ. އެއަށްފަހު އޭގެ ތެރެއަށް އަލުވި ފޮތިތައް އަޅައި، ހުރިހާ އަލުވި ފޮއްޗެއްގައި ބަޓަރު ޕޭސްޓް ގަނޑު އުނގުޅާލާށެވެ.

ދެން އަލުވި ފޮތިތައް ބަރިއަކަށް ޖެހުމަށް ފަހު، މަފިން ފިހާ ޓްރޭގެ، މަފިން ކަޕް ތަކުގެ ތެރެއަށް ލާށެވެ. އެއަށްފަހު މައްޗަށް އަސޭމިރުސް ކޮޅެއް ބުރުވާލާށެވެ.

އެއަށްފަހު އަވަނަށް ލައި ފިހެލާށެވެ. އަލުވިތަކަށް މަޑު މުށި ކުލައެއް އަރަންދެން ފިހެލާށެވެ.