ބޭނުންވާ ތަކެތި:

އޯރިއޯ (ހިމުންކޮށްފައި)

1/2 ޖޯޑު ބަޓަރު (ދިޔާކޮށްފައި)

1 ޖޯޑު ހެވީ ކުރީމް

1 ޖޯޑު ޑާކް ޗޮކުލެޓް (ކުދިކޮށްފައި)

1 ޖޯޑު ސްޓޯބެރީ (މެދުން ފަޅާލާފައި)

ތައްޔާރު ކުރާނެ ގޮތް:

ހިމުންކޮށްފައި ހުރި އޯރިއޯ އަދި ދިޔާކޮށްފައި ހުރި ބަޓަރު އެއްކޮށްލާށެވެ. އެއަށް ފަހު ކޭކު ފިހާ ތަށީގައި ފޮއިލް އެޅުމަށް ފަހު، ހިމުންކޮށްފައި ހުރި އޯރިއޯތައް ތަށީގެ ފުލުގައި ފަތުރާލާށެވެ. ދެން ފުރިޖަށް ލައި ފިނިކޮށްލާށެވެ.

ތަވަޔަކަށް ހެވީ ކުރީމް އަޅާ މަޑު ގިނީގައި ހޫނުކުރާށެވެ. ކެކެން ފެށުމުން އެހެން ބޯތަށްޓެއްގައި ޑާކް ޗޮކުލެޓް އަދި ކުރީމް އެއްކުރާށެވެ. އަދި ޗޮކުލެޓް ދިޔާވަންދެން ގިރަމުން ގެންދާށެވެ.

ފުރިޖުގައި ހުރި އޯރިއޯ ކްރަސްޓު ނެގުމަށް ފަހު، އޭގެ މައްޗަށް ޗޮކުލެޓު ކުރީމް އަޅާލާށެވެ. އެއަށް ފަހު ސްޓޯބެރީ ފޮތިތައް އޭގެ މަތީގައި އަތުރާލާށެވެ.

ދެން ދެ ގަޑި އިރު ވަންދެން ފިނިކުރުމަށް ފަހު ސާވް ކުރާށެވެ.