ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު ހޯމް މިނިސްޓްރީގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަރުކަޒަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ރައީސް ޔާމީން ހަމަޖެއްސެވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

މިހާތަނަށް އެ މަރުކަޒު ހިންގަމުން އައީ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ.