މާވަށު ސްކޫލުގައި ފަސް ކުލާސްރޫމާއި މަލްޓި ޕާޕަސް ހޯލެއް ހިމެނޭގޮތަށް ދެ ބުރީގެ އިމާރާތެއް އަޅަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ބަޖެޓުން 11 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ، އެ އިމާރާތް ނިންމަން ހަވާލުކުރީ 360 ދުވަހުގެ ތެރޭގައި ކަމަށާއި އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިމާރާތުގެ މަސައްކަތް އެއްކޮށްނިމި ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށޭއިރު އެ އިމާރާތް ބޭނުންކުރެވޭނެ ކަމަށެވެ.

ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދެމުން އަންނަ މާވަށު ސްކޫލުގައި މިއަހަރު 400 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެ އެވެ.