28 Jun 2016, 12:36
އެސްޓީއޯ އިން ރާއްޖެ އެތެރެކޮށްވިއްކަމުން ގެންދާ ކިރުގެ ބާވަތެއް ކަމަށްވާ ޑެވޮންޑޭލްގެ އަގުހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން އެ ބްރޭންޑް ރާއްޖެ އެތެރެކޮށް ވިއްކާތާ ވިހި އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޑެވޮންޑޭލް ފުލްކުރީމް އެއް ލީޓަރުގެ ކޭހެއް ކުރިން 260 ރުފިޔާ އަށް ވިއްކި އިރު މިހާރު ވިއްކަނީ 220 އަށް އަގުހެޔޮކޮށްފަ އެވެ. އަދި ޕެކެޓެއް ކުރިން 28 ރުފިޔާ އަށް ވިއްކި އިރު މިހާރު ވަނީ 25 ރުފިޔާއަށް އަގުހެޔޮކޮށްފަ އެވެ.
ރޯދަމަހާ ދިމާކޮށް އެ ބްރޭންޑްގެ ކިރު ވިކޭލެއް ވަރަށް އިތުރު ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
ޑެވޮންޑޭލްއަކީ އޮސްޓްރޭލިއާގެ ބްރޭންޑެވެ. ޑެވަންޑޭލްގައި އެއްވެސް މިންވަރަކަށް ފެން އަދި ގިނަ ދުވަހަށް ރައްކާތެރިކުރުމަށް އަޅާ ކެމިކަލް (ޕްރިޒަވޭޓިވްސް) ނުހިމެނެ އެވެ. އެސްޓީއޯ އިން ބުނީ ޑެވޮންޑޭލް މިލްކްޕައުޑާ ފަދަ ބުރޭންޑްތައް ކުރިއަށް އޮތްތަނުގައި ވެސް އަގުހެޔޮކުރެވިގެންދާނެ ކަމަށެވެ.