28 Jun 2016, 11:07
ބޭނުންވާ ތަކެތި:
3 ބޮނޑި ލޮނުމެދު (ކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ބަޓަރު
2 މޭޒުމަތީ ސަމުސާ ކައްކާ ތެޔޮ
1 ސައިސަމުސާ ޕާސްލޭ (ކުދިކޮށް ކޮށާފައި)
އަސޭމިރުސް (މުގުރާފައި)
- ޕިއްޒާ ފުއް ގަނޑެއް
- ލޮނު
- ތައްޔާރު ކުރާނެ ގޮތް:
ކުޑަ ތަވަޔައެއްގައި ލޮނުމެދު، ބަޓަރު އަދި ތެޔޮ އެއްކުރުމަށް ފަހު ބަޓަރު އެކީގައި ދިޔާވަންދެން މަޑު ގިނީގައި ކައްކާށެވެ. ބަޓަރުތައް ދިޔާވުމުން އޭގެ ތެރެއަށް ޕާސްލޭ އަޅައި ދެތިން މިނެޓު ހާކާލުމަށް ފަހު އުނދުން މަތިން ބާލާށެވެ.
ޕިއްޒާ ފުއްގަނޑު ދިގަށް ވާގޮތަށް ކަފާށެވެ. (ފުޅާ މިނުގައި އެއް އިންޗި ހުންނަ ވަރަށް) އެއަށް ފަހު ކޮންމެ ފުށްކޮޅެއްގައި ގޮށެއް ޖަހާލާށެވެ.

ގޮށް ޖަހާ ނިމުމުން ފިހާ ޓްރޭގައި ފުށް ކޮޅުތައް އަތުރާލާށެވެ.
އެއަށް ފަހު އޭގެ މަތީގައި ކުރިން ތައްޔާރު ކުރި ގާލިކް ބަޓަރު ޕޭސްޓު ހާކާލާށެވެ. މައްޗަށް ކުޑަ ލޮނުކޮޅަކާއި އަސޭމިރުސް ކޮޅެއް ބުރުވާލުމަށް ފަހު އަވަނަށް ލައި ފިހެލާށެވެ.