27 Jun 2016, 23:21
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން 0-2ގެ ނަތީޖާ އަކުން ބަލިކޮށް، ކުއާޓާ ފައިނަލަށް ދިޔަ އިޓަލީން ދުނިޔޭގެ ޗެމްޕައަނުންނާ ކުރިމަތިލާންޖެ ޖެހިއްޖެ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުއާޓާ ފައިނަލުގައި އިޓަލީ އާއި ޖަރުމަނު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން މެންދަމު 12:00 ޖަހާއިރު އެވެ.
ސްޓޭޑް ދި ފްރާންސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ދެ ވަނަ ބުރުގެ މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު ފުރަތަމަ ހާފްގެ 33 ވަނަ މިނެޓްގައި އިޓަލީ އިން ވަނީ ލީޑު ނަގާފަ އެވެ. އެ ގޯލު ޖޯޖިއޯ ކިއެލީނީ ކާމިޔާބު ކުރީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެ ހެއާ ދިފާއު ކުރުމުން ނިކުތް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން އާއި އިޓަލީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އިޓަލީން މެޗުގެ ލީޑު ނެގުމާ އެކު ސްޕެއިން ޓީމުން ވަނީ ނަތީޖާ އެއްވަރު ކުރުމަށް ގިނަ މަސަތްކަތް ތަކެއް ކޮށްފަ އެވެ. ނަމަވެސް ސްޕެއިންގެ އަލްވާރޯ މޮރާޓޯ އާއި ދެ ވަނަ ހާފުގައި ކުޅެން ނިކުތް ލޫކަސް ވަޒްކަޒް ފޮނުވާލި ހަމަލާ ތަކުގެ ހުރަހަކަށްވީ އިޓަލީގެ ހުށިޔާރު ކީޕަރު ބުފަން އެވެ.

ސްޕެއިންގެ ދެވަނަ ގޯލު ގްރެޒިއާނޯ ޕެލޭ ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
ސްޕެއިންގެ އިތުރުން އިޓަލީގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ގްރެޒިއާނޯ ޕެލޭ އެވެ.
ސްޕެއިން ޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ކުރިއަށް ޖެހުނު ވަގުތުގެ ފައިދާ ނަގައި ގްރެޒިއާނޯ ޕެލޭ އެ ގޯލު ކާމިޔާބު ކުރީ މައްޓާއޯ ޑާމިއަން ސްޕެއިންގެ ގޯލު ކުރިމައްޗަށް ނަގައިދިން ހުރަސް ޖެރާޑް ޕީކޭގެ ފައިގަ ޖެހިފައި ލިބުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ސްޕެއިންގެ ދެވަނަ ގޯލު ގްރެޒިއާނޯ ޕެލޭ ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ